އިހަވަން ކަޕް

އިހަވަން ކަޕްގެ ގުރުލުން މިރޭ، އިވެންޓް ލައިވް ކުރާނެ

މުޙައްމަދު އަކުރަމް


ހއ އަދި ހދ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުލަބު ޕޯލްސްޓަރއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން މިރޭ ބާއްވާގޮތަށް ކްލަބް ޕޯލްސްޓާއިން ނިންމައިފިއެވެ.

ކްލަބް ޕޯލްސްޓާގެ މިދައުރުގެ ރައީސް މުހައްމަދު ސުޖާއު މިނޫހަށް މައުލޫމާތު ދެއްވިގޮތުގައި މިމަހުގެ ވިހިވަނަ ދުވަހުގެރޭ ބާއްވަން ހަމަޖެއްސި ގުރުނެގުމުގެ ރަސްމިއްރާތު މިރެޔަށް ފަސްކުރީ ބައެއް ޓެކްނިކަލް މައްސަލަތައް ދިމާވެގެން އެކަންކަން ހައްލުކުރުމަށެވެ. ސުޖާއު މައުލޫމާތު ދިންގޮތުގައި މިރޭގެ ހަފުލާ އޮންނާނީ އިހަވަންދޫ ބަނދަރުމަތީގައި ހުންނަ ފިނިމައިޒާނުގައި މިރޭ 21:00 ގައެވެ.

އިހަވަން ކަޕްގައި މިފަހަރުވަނީ 11 ޓީމެއް ބައިވެރިވެފައެވެ. އެއީ ހއ. މުރައިދޫ ފުޓްބޯޅަ ޓީމް، ނޮޅިވަރަމް ކައުންސިލް، މާރަންދޫ ބަނޑޭރި ސްޕޯރޓްސް، މާރަންދޫ ޔޫތް ސްޕޯރޓްސް، ދިއްދޫ އެޗްއެން ސްޕޯރޓްސް، ހޯރަފުށި، ސެންސިޓީ، ސެންސިޓީ ޖޫނިއާރސް، ކުޅިމަގު، އަރާދުވާ އަދި އެންވީކޭއެވެ.

މިފަހަރުގެ މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޓީމްތައް ޖުމްލަ 3 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. ދެވަނަ ބުރު ދެ ގްރޫޕަށް ބަހާލައިގެން ކުޅުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.

ގުރުލުމުގެ ރަސްމިއްޔާތު ބެއްލެވުމަށް މިލިންކަށް ކްލިކްކޮށްލަށްވާ!