ކޮވިޑު -19

ކޮވިޑާއި ގުޅިގެން އިހަވަންދޫގައި އެއްގެއިން އަނެއްގެއަށް ދިއުން ހުއްޓާލުމަށް ނިންމައިފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫގައި ކޮވިޑު ފެތުރޭ މިންވަރު ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

ހއ. އިހަވަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ އެޗްޕީއޭގެ ފިޔަވަޅުތައް އެޅުމަށް އިހަވަންދޫގެ އީއޯސީ އިން ވަނީ ނިންމާފައެވެ. އީއޯސީން ރޭ ނެރުނު އިޢުލާނުގައި ބުނެފައި ވަނީ އެޗްޕީއޭގެ ފިޔަވަޅުތަކުގެ އިތުރުން އެޗްޕީއޭގެ “ކޮވިޑް 19 ފެންނަ ރަށްރަށުގައި ކޯވިޑް 19 އިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ޢަމަލު ކުރާނެގޮތުގެ އުޞޫލު” އަށްވެސް ޢަމަލުކުރެވޭނެ ކަމަށެވެ.

އިހަވަންދޫގައި އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް:

  • ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 09:00 އިން 4:00 އަށް ބޭރަށް ނުކުމެ އުޅުން މުޅިން މަނާކުރުން. (ރަށުގެ ހާލަތަށް ބަލައި އެޗްޕީއޭއިން ކާފިއު ވަގުތު އިތުރުކުރުމަކީ އެކަށީގެންވާކަމެއް.
  • އެހެނިހެން ރަށްރަށުން އަންނަ ފަރާތްތަކަށް ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާނަމަ ރަށަށް އަރައި ފޭބުމުގައި ހުރަހެއް

ނެތެވެ.

  • މިއަދަށްފަހު މަސްވެރި އުޅަނދުތަކުގެ މީހުން ރަށަށް ފައިބައިފިނަމަ، ފުރާ އުޅަނދު ފަހަރުގެ މީހުންނަށް އަރައި ފޭބޭނީ ވެކްސިން ކަވަރޭޖް ފުރިހަމަވެފައިވާ ރަށްރަށަށެވެ. އަދި އެފަރާތަކީ ވެކްސިން ޑޯޒް ފުރިހަމަކުރެވިފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.
  • ވެކްސިންގެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތަކަށް، ވެކްސިން ކަވަރޭޖް ހަމަވެފައިވާ ރަށްތަކަށް ދަތުރުކުރުމުގައި ހުރަހެއް ނެތެވެ. ނަމަވެސް ވެކްސިންގެ ޑޯޒް ހަމަނުކުރާ ފަރާތްތަކުން ދަތުރުކުރަންވާނީ ދަތުރު ހުއްދަ ލިބިގެންނެވެ.
  • ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައި ވީނަމަވެސް، ކަރަންޓީން ނުވާގޮތަށް ވެކްސިން ކަވަރޭޖް ފުރިހަމަ ނުވާ ރަށަކަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުއެވެ.
  • ޒަރޫރީ ބޭނުމެއް ނެތި އެއްވެސް ފަރާތަކުން ގެއިން ބޭރަށް ނުކުމެ ނޫޅުން.
  • ޕާޓީތަކާއި، ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުން
  • ގެއިންބޭރަށް ނުކުމެއުޅޭ ހުރިހައި ހާލަތެއްގައި މާސްކު އެޅުން.
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުން.
  • ހޮޓާ ކެފޭ ރެސްޓޯރަންޓްތަކުން ހަމައެކަނި ޑެލިވަރީ އާއި ޓޭކްއަވޭގެ ޚިދުމަތް ދިނުން.
  • ސެލޫން އަދި ބޯކޮށާ ތަންތަން ބަންދުކުރުން.
  • ފިހާރަތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އެޗް.ޕީ.އޭގެ ގައިޑްލައިނާއި އެއްގޮތަށް ބެހެއްޓުން.
  • ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުން.
  • ގުރޫޕް ހަދައިގެން ތަންތަނަށް އެއްވެއުޅުން މަނާކުރުން.
  • އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން އެކުގައި މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުން.
  • ޤުރްއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ފަދަ ތަންތަން މެދުކަނޑާލައި، ކުރިއަށް ގެންދާނަމަ އޮންލައިންކޮށް ކުރިއަށް ގެންދިއުން.
  • ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތަކާއި، ހައިރިސްކު ބޭފުޅުން މިސްކިތަށް ދިއުމުގެ ބަދަލުގައި ގޭގައި ނަމާދުކުރަން އިސްކަންދިނުން.

އިހަވަންދޫގައި މިވަގުތު ކޮވިޑުބަލީގެ 46 މީހުން ތިބިއިރު 100 އަށްވުރެ ގިނަ މީހުން ވަނީ ކަރަންޓީނު ކޮށްފައެވެ.