ކޮވިޑު 19

އިހަވަންދޫން ރެންޑަމް ސާމްޕަލެއް ފައްސިވެ ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު 50 އަށް

.

ހއ. އިހަވަންދޫން ރެންޑަމް ސާމްޕަލް އެއް ކޮވިޑަށް ފައްސިވެއްޖެއެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން ބުނެފައި ވަނީ 31 ޑިސެމްބަރ 2021 ވަނަ ދުވަހު ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން 1 ފަރާތެއްގެ ސާމްޕަލް ވަނީ ކޮވިޑް 19 އަށް ފައްސި ވެފައިކަމަށެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން މިއަދު މެންދުރު ހާމަކޮށްފައިވާ ނަތީޖާ ތަކަށްބަލާއިރު، މިހާތަނަށް 50 މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ. މިއަދު ފައްސިވެފައިވަނީ ރޯގާގެ އަލާމަތްތައް ހުރެގެން ނެގުނު ފުލޫގެ 2 ސާމްޕަލް އާއި ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި ޑައިރެކްޓު ކޮންޓެކްޓްވެފައިވާތީ ނެގުނު 1 ސާމްޕަލް އަދި ރަށުގެ ހާލަތުދެނެގަތުމަށްޓަކައި ނެގުނު ރޭންޑަމް ސާމްޕަލްތަކުގެ ތެރެއިން 1 ސާމްޕަލް އެވެ.

އިހަވަންދޫގެ ކޮވިޑުގެ ހާލަތު ގޯސްވަމުންދިއުމާއެކު ހެލްތު ޕުރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޑިސެމްބަރ 31 އިން ފެށިގެން އިހަވަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކޮވިޑުކޭސްތަކާ ގުޅިގެން މިވަގުތު އިހަވަންދޫގެ 35 ގެއެއް ކަރަންޓީނު ކޮށްފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން އާއްމުކޮށްފައިވާ މައުލޫމާތުގައި ވެއެވެ.