އެޗްއާރްއެފް ވޮލީ ލީގު: ސެމީ ގައި ފުރިގޭޓަރ އަތުން ބަލިވެ އިމަގަށް މުބާރާތް ނިމިއްޖެ

.

އެޗްއާރްއެފް ވޮލީ ލީގުގެ ސެމީ ފައިނަލްގައި  އެފްސީ ފްރިގޭޓަރ އަތުން ބަލިވެ  އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އަށް މުބާރާތް ނިމިއްޖެއެވެ.

ހޯރަފުށި އައުޓްޑޯ ވޮލީ ކޯޓުގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗުން އެފްސީ ފްރިގޭޓަރ އިމަގުގެ މައްޗަށް ކުރިހޯދީ 3 ސެޓް 1 ސެޓުންނެވެ. މިމެޗްގެ ސެޓްތައް ފްރިގޭޓަރ ގެންދިޔައީ 25-20، 25-22 އަދި 25-20 އިންނެވެ. އިމަގުން މޮޅުވި ސެޓް ގެންދިޔައީ 25-16 އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެފްސީ ފްރިގޭޓަރ ގެ ޖާޒީ ނަންބަރު 19 ޗޯދްރީ މަންނަތުއެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ ހައެއްވާ ހޯމަ ދުވަހުގެރޭ ހޯރަފުށި އައުޓްޑޯ ވޮލީ ކޯޓުގައެވެ. އެމެޗްގައި ބައްދަލުކުރާނީ ހޯރަފުށީ ޕޮލިސް އަދި އެފްސީ ފްރިގޭޓަރއެވެ.

އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ހޯރަފުށީ ކައުންސިލުން އިންތިޒާމު ކޮށްގެން މިއަހަރު މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހއ. އަތޮޅަށް  ހުޅުވާލައިގެންނެވެ. މިފަހަރުގެ މުބާރާތުގައި އިހަވަންދޫ އިމަގު އަދި  ކެލާ ކައުންސިލްގެ އިތުރުން, ހޯރަފުށީ ކްލަބްތައް ކަމުގައިވާ ޓީމް ހިޔާ, އެފްސީ ފްރިގޭޓަރ، ގަޑި ސްޕޯޓްސް އަދި  ޕޮލިސް ކްލަބް ވަނީ ބައިވެރިވެފައެވެ.