ހުރަވީ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ 4.8 މިލިއަން ރިފިޔާގެ އަގަކަށް!

މުޙައްމަދު އަކުރަމް

އިހަވަންދޫ ހުރަވީ ދަނޑު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް، ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާ ހަވާލުކޮށްފައިވަނީ 4،832،827.50 ރުފިޔާއަށްކަމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަނުން ބުނެފިއެވެ.

މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި އެމިނިސްޓްރީއިން ބުނީ، 4.8 މިލިއަން ރުފިޔާގެ އަގަކަށް އެކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 105 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާގޮތަށް ކަމަށެވެ. އިހަވަންދޫ ހުރަވީ ދަނޑު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރު.ޑީ.ސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަހަރުގެ  ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އެއެއްބަސްވުމުގައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރެއްވީ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުޙައިރުއެވެ.

ހުރަވީ ދަނޑުގެ މަސައްކަތް އާރު.ޑީ.ސީއިން ވަރަށް އަވަސް ސްޕީޑްގައި ކުރިޔަށް އެބަގެންދެއެވެ. މިހާރު އެކުންފުނިން ކުރަމުންދަނީ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތެވެ.