މޫސުން ގޯސްވުމުގެ ސަބަބުން މަސްރޭހާއި ހަވީރުގެ ހަރަކާތްތައް ފަސްކޮށްފި

މުޙައްމަދު އަކުރަމް

މިއަހަރުގެ މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި އިހަވަންދޫ ގައި ފާހަގަ ކުރުމަށް ހއ. އިހަވަންދޫ ކައުންސިލާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާ ގުޅިގެން ކުރިޔަށްގެންދާ ހަރަކާތް ތަކުގައި ހިމެނޭ މަސްރޭސް އަދި މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ އާއިލީ ހަވީރުގެ ހަރަކާތްތައް، މޫސުން ތަން ނުދިނުމުގެ ސަބަބުން ފަހުގެ ތާރީހަކަށް ފަސްކޮށްފިއެވެ.

މަސްރޭސް ފަސްކުރަން ޖެހުނީ މަސްރޭހުގައި ބައިވެރިވާ ޓީމްތައް ފުރުމަށް މިއަދު 14:30 ގައި، ފުރަން ހަމަޖެހިފައިވާ ސަރަހަށްދަށް އައި ފަހުންނެވެ. މަސްރޭހުގައި 4 ރަށަކުން 13 ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ އިހަވަންދޫ ސްކޫލް، އިހަވަންދޫ ކައުންސިލް، އިހަވަންދޫ ޕޮލިސް ސްޓޭޝަން، އާރުޑީސީ އިހަވަންދޫ ސައިޓް، ފެނަކަ އިހަވަންދޫ ބްރާންޗް، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް، އާމިނާދިޔޯ ސިއްޙީމަރުކަޒު، އިހަވަންދޫ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ކްލަބް ޕޯލްސްޓަރ، މަސްވެރި އިހަވަންދޫ، އުލިގަމް ކައުންސިލް، ފިއްލަދޫ ކައުންސިލް އަދި އުތީމް ކައުންސިލެވެ.

މިއަދު ހަވީރު ބޭއްވުމަށް ކަނޑައެޅި ހަރަކާތްތައް ދެން އޮންނާނީ މާދަމާ ހަވީރު 16:00 ގައެވެ.