މެއިންޓެއިނެންސް އަދި އަޕްގްރޭޑިންގް މަސައްކަތަށް މިއަދު ކަރަންޓާއި ފެން ކަނޑަނީ

.

އިހަވަންދޫ ފެނަކައިން ކަރަންޓްދޭން ބޭނުންކުރާ 1000 ކިލޯވޯޓްގެ ޖަނަރޭޓަރުގެ މެއިންޓެއިނެންސް މަސައްކަތެއް ކުރުމަށް މިއަދު 14:00 އިން ފެށިގެން 18:00 އާއި ހަމަޔަށް ރަށުގެ އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓް ކެނޑޭނެކަމަށް ފެނަކަ  އިހަވަންދޫ ބްރާންޗުން ބުނެފިއެވެ. މީގެ އިތުރުން ފެނުގެ ހިދުމަތްދޭ މެއިން ޑިސްޓްރިބިއުޝަން ބޫސްޓަރ ލައިންގެ އަޕްގްރޭޑިންގ މަސައްކަތެއް ކުރުމަށް މިރޭ 11 އިން 12 އަށް ފެނުގެ ހިދުމަތްވެސް މެދުކެނޑޭނެކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން އެދެނީ އެވަގުތުގައި ކަރަންޓް ބޭނުންކުރާ މިންވަރު ވީހާވެސް މަދުކުރުމަށެވެ. މިއީ ހޫނުގަދަ ދުވަސް ވަރަކަށްވާތީ މިކަމުގެ ސަބަބުން އާމުންނަށް ދަތިވާނެކަމަށް ބެލެވެއެވެ. މީގެއިތުރުން ފަކަށްއައިސް އިހަވަންދޫގައި ކަރަންޓް ކެނޑޭ މަސައްސަލަވަނީ ވަރަށް ބޮޑުވެފައެވެ. ފެނަކައިން ކަރަންޓްދޭން ބޭނުންކުރާ ޖަނަރޭޓަރު ސެޓަކަށް މައްސަލަ ދިމާވެ، ފެނަކައިން އެދިފައިވާތީ ރޭގަނޑު ޣާޒީ ދަނޑާއި ވޮލީ ކޯޓް ނުދިއްލާތާވެސް ދުވަސްތަކެއްވެއްޖެއެވެ.