ދަރުމަ ޤުރުއާން މުބާރާތުގެ އެއްވަނަ އުވެއިޝާ ހޯދައިފި

މުޙައްމަދު އަކުރަމް

ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤުރުއާން ކުލާހުން ބޭއްވި ދަރުމަ ޤުރުއާން މުބާރާތުގެ އެއްވަނަ އާއިޝަތު އުވެއިޝާ ބިންތި އާދަމް، ވާމަތީގެ ހއ. އިހަވަންދޫ ހޯދައިފިއެވެ. މިމުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ އޮތީ މިއަދު ހަވީރު އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައެވެ.

“ދަރުމަ ޤުރުއާން މުބާރާތް 2024” ގެ ނަމުގައި ކުރިޔަށް ގެންދިޔަ މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން މިމަހުގެ 6 ވަނަ ދުވަހުއެވެ. މިމުބާރާތުގައި 60 ކުދިން ބައިވެރިވެފައިވާއިރު މިމުބާރާތުގައި 57 ކުއްޖަކުވަނީ ކިޔަވާފައެވެ. މިމުބާރާތުގައި ކިޔަވާފައިވަނީ ދަރުމަ ޤްރުއާން ހަރަކާތް ފަރާތުން ކުރިޔަށް ގެންދާ ޤުރުއާން ކުލާސްތަކުގައި ބައިވެރިވާ ކުދިންނެވެ.

ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤްރުއާން ކުލާހަކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހު އިފްތިތާޙްކުރި ކުލާހެކެވެ. އެކުލާހުން ހިލޭ ޤުރުއާން ކިޔެވޭނެ މަގު ހަމަޖައްސައިދެއެވެ. “ދަރުމަ” ޤުރުއާން ކުލާހަކީ ހއ އިހަވަންދޫ، ހޯރަ، އިބްރާހިމް މޫސާ އިސްނަންގަވައިގެން ދަރުމަވެރިއެއްގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދާ ހަރަކާތަކެވެ. މިއީ އެހަރަކާތުގެ ފަރާތުން ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތެވެ.

މިމުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާގެ ޝަރަފް ވެރި މެހެމާނަކީ އައްޝެއިހް އަބްދުލް ޤާދިރު މުހައްމަދުއެވެ. މުޅި މުބާރާތުން އެއްވަނަ ދަރިވަރަށް 1000ރ ގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ދެވަނައަށް ދިޔަ ކޮންމެ ދަރިވަރަކަށް 700ރ އަދި 3 ވަނައަށް ދިޔަ ދަރިވަރަށް 300ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

މިމުބާރާތުގެ ފާހަގަކުރެވޭ ވަނަތަކަށް ހޮވުނު ދަރިވަރުން:

މުޅިމުބާރާތުން 3 ވަނަ: މަރިޔަމް އީޝާ އަބުދުލް އަލީމް ހަސަން، ޖަވާހިރުމާގެ ހއ. އިހަވަންދޫ
މުޅިމުބާރާތުން 2 ވަނަ: އަލޫފް އަހްމަދު، އާރު ހއ. އިހަވަންދޫ
މުޅިމުބާރާތުން 2 ވަނަ: ރީޝަމް ބިންތު ސުހައިލް މުހައްމަދު، ރޯޝަނީގެ ހއ. އިހަވަންދޫ
މުޅިމުބާރާތުން 2 ވަނަ: ބަޝާރާ މުހައްމަދު ސަމީރު، ގޯލްޑް ހައުސް ހއ. އިހަވަންދޫ
މުޅިމުބާރާތުން 1 ވަނަ: އާއިޝަތު އުވެއިޝާ ބިންތި އާދަމް، ވާމަތީގެ ހއ. އިހަވަންދޫ