އައްޝައިޚް އަހްމަދު ފަހުމީ ދިދީގެ ދަރުސް ޕްރޮގްރާމެއް މިއަދު އިހަވަންދޫގައި

މުޙައްމަދު އަކުރަމް

އައްޝައިޚް އަހްމަދު ފަހުމީ ދިދީގެ ދަރުސް ޕްރޮގްރާމެއް މިއަދު އިހަވަންދޫގައި ކުރިޔަށް ދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ދެ މިސްކިތު ދަރުހަކާއި ހާއްސަ ބޮޑު ދަރުހެއް ދޭނެއެވެ.

ޝައިހްގެ ފުރަތަމަ ދަރުސް އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުލް ތައާވުންގައެވެ. އެއަށްފަހު އަސުރު ނަމާދަށްފަހު މަސްޖިދުލް ތައުބާގައި ދަރުސްދެއްވާއިރު މިރޭ 21:30 އިހަވަންދޫ ސްކޫލްގެ ހޯލްގައި ޝެއިހްގެ ހާއްސަ ދަރުސްއެއް އޮންނާނެއެވެ. މިރޭ ޝެއިހް ދެއްވާ ދަރުސް ހާއްސަކޮށްފައިވާ މައުލޫއަކީ “ފަހު ދިހައެއް” އެވެ.

މިޕްރޮގްރާމަކީ އިހަވަންދޫ ކައުންސިލާއި އޭކޭއެޗް ފައުންޑޭޝަން ގުޅިގެން ކުރިޔަށްގެންދާ ދަރުސް ޕްރޮގްރާމެކެވެ.