ސެންސިޓީ ކޮޅަށް ލަނޑު ގޯންޏެއްޖަހައި، ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކުޅިމަގު ސެމީއަށް

މުޙައްމަދު އަކުރަމް

ބިއުޓިފުލް ބްލޫ މައިކަޕް 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް “އޭ” ގެ ފަހު މެޗްގައި ސެންސިޓީ 20-0 ބަލިކޮށް ގްރޫޕްގެ އެއްވަނަ ޓީމންގެ ގޮތުގައި ކުޅިމަގު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ރޭ އިހަވަންދޫ ޢާޒީ ދަނޑުގައި ކުޅުނު މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ކުޅި މަގު ޓީމްގެ ނާއިލް 8 ގޯލް ޖެހިއިރު، އެޓީމްގެ ފަވާޒް އަދި މުނައްވަރު ހެޓްރިކެ ހެދިއެވެ.

މިމުބާރާތް ކުރިޔަށްގެންދަނީ، މިމުބާރާތުގައި ބައިވެރިވި 9 ޓީމް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް “އޭ” ގައި ހިމެނެނީ އިހަވަންދޫގެ ޓީމްތައް ކަމަށްވާ ސެންސިޓީ، އެންވީކޭ، ކްލަބް އިރަމާ އަދި ކުޅިމަގެވެ.

ގްރޫޕް “އޭ” ގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކުޅިމަގު އަދި ދެވަނަ ޓީމްގެ ގޮތުގައި އެންވީކޭ ސެމީ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ސެންސިޓީވަނީ ކަޓާފައެވެ.

މިއަދާއި މިރޭ ގްރޫޕް “ބީ” ގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް ކުޅޭނެއެވެ. މިއަދު ހަވީރު ތުރާކުނު، ދިއްދޫއާ ދެކޮޅަށް ނުކުންނައިރު ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި އުލިގަން ނުކުންނާނީ ހޯރަ ޔުނައިޓެޑާއި ދެކޮޅަށެވެ.

ގްރޫޕް “ބީ” އަށް ބަލާއިރު އެގްރޫޕްގެ އެއްވަނާގައި ކުޅުނު 3 މެޗުން މޮޅުވެގެން އޮތީ ހޯރަ ޔުނައިޓެޑެވެ. އެޓީމަށް ސެމީފައިނަލުން ޖާގައެއް ކަށަވަރު ވެފައިވާއިރު، ސެމީ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު  ދިއްދޫ ހީވެސްނުވޭ އަދި އުލިގަން އަދި ތުރާކުނަށްވެސް އެބައޮތެވެ. އެގްރޫޕްގެ ފުލުގައި އޮތް ނޮޅިވަރަމް ބީބީ ބްރަދާސްވަނީ ކުޅުނު 4 މެޗުންވެސް ބަލިވެ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ.

ޚިޔާލު ފައުޅުކުރުން

ކުޅެފަވަނީ މެޗެއް ނޫން ތެޅީ ނަކިސް އހ