އިހަވަންދޫ ކުނިކޮށި، ރައްޔިތުންނަށް ޙިދުމަތް ދެވޭ ފެންވަރަށް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާތީ، ކުނިކޮށީގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވެމްކޯގެ މަސައްކަތް ފެށުމަށް ތައްޔާރީ ހާލަތަށް އިހަވަންދޫ ސައިޓް ގެނެވިފައިވާކަމަށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ. ވެމްކޯ އިން މިހެން ބުނީ މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.
ވެމްކޯ އިން އިތުރަށް މައުލޫމާތު ދިންގޮތުގައި، އެކޯޕަރޭޝަންގެ އިހަވަންދޫ ސައިޓްގައި މިވަގުތު 5 މުވައްޒަފުން އެބަތިއްބެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހު މިނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި ވެމްކޯއިން ބުނީ މިއަހަރުގެ ފެބްރުއަރީ މަހު ވެމްކޯގެ ހިދުމަތް ފެށުމަށް ތާވަލް ކޮށްފައިވާ ކަމަށާއި އޭރު އިހަވަންދޫ ސައިޓްގައި ތިބީ 3 މުވައްޒަފުން ކަމުގައެވެ.
ވެމްކޯގެ ހިދުމަތް އިހަވަންދޫގައި ފެށުމަށް ތަފާތު ތާރީތަކެއް ދެމުންދާތާ 1 އަހަރާއި 5 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އިހަވަންދޫގައި ކުނިކޮށި ހެދުމުގެ މަސައްކަތްވެސް އަދި ނުފެށެއެވެ. ކުނި ކޮށި ހެދުމަށް ގެނެސްފައިވާ ތަކެތި، އާރުޑީސީގެ ބޭނުމަށް ދީފައިވާއިރު ކުނި ކޮށީގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭގެއެވެ.
ވެމްކޯގެ ހިދުމަތް އިހަވަންދޫގައި ފެށުމަށް ކުރެވޭ މަސައްކަތުގެ ބައެއް ޓައިމް ލައިން: