އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2026، ފަށާނީ އަންނަ މަހުގެ 10 ވަނަ ދުވަހުކަމަށް މައުލޫމާތު ލިބިއްޖެއެވެ. އިހަވަންދޫ ކައުންސިލުން ކުރިން ކޮށްފައިވާ އިއުލާނެއްގައިވަނީ މިމުބާރާތް މިމަހުގެ 26 ވަނަ ދުވަހު ފަށާނެކަމުގައެވެ. ނަމަވެސް ތަފާތު ސަބަބުތަކާއިހުރެ މިމުބާރާތުގެ ފެށުން އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފައިވާކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަލީ ފަވާޒް މައުލޫމާތުދެއްވިއެވެ.
މިއީ މިމުބާރާތް ބާއްވާ 8 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިހަވަންދޫ ފުލުހުންގެ ޓީމެވެ. އެޓީމް 4 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ފެނަކަ އިހަވަންދޫ ބުރާންޗުންވަނީ 3 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައެވެ. އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2025 ފެނަކައިން ކާމިޔާބުކުރީ ފައިނަލްގައި 3-2 އިން އާރު.އާރު.ސީ އިހަވަންދޫ ބަލިކޮށްގެންނެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި 7 ޓީމެއް ވާދަކުރިއެވެ. މުބާރާތުގެ ޤަވާއިދުގައިވާ ގޮތުން މިއަހަރުގެ މުބާރާތުގައި 8 ޓީމެއް ވާދަކުރުމުގެ ފުރުސަތު އެބައޮތެވެ. ވަކި ޓީމެއްގެ ގޮތުގައި މިއަހަރުގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތުއޮތް ޓީމްތަކަކީ އިހަވަންދޫ ކައުންސިލް، ޕޮލިސް ސްޓޭޝަން، ެނަކަ، އާރްޑީސީ، ސްކޫލް، ސިއްޙީމަރުކަޒު އަދި ވެމްކޯއެވެ. ބާކީހުރި މުއައްސަސާތަކާއި ކުންފުނިތަކުން ނުކުންނާނީ ކޮންބައިން ޓީމެކެވެ.