އިހަވަންދޫގެ ރައްޔިތުން ފަލަސްތީނާއިއެކު ތިބިކަން ބޮޑު ހަރަކާތެއްގެ ތެރެއިން ދައްކައިލުމަށް ތައްޔާރީތައް ވާންފަށައިފިއެވެ. ރަށުގެ ކްލަބް ޖަމިއްޔާތަކާއި، މުއައްސަސާތައް އަދި ބައެއް ފިހާރަތައް ގުޅިގެން ކުރިޔަށް ގެންދިމަށް ހަމަޖެހިފައިވާ މިހަރާކުތް އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ 20:30 އިން ފެށިގެންނެވެ.
ވާޗުއަލްކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި އިހަވަންދޫގެ ހުރިހާ ރައްޔިތުންނަށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެގޮތުން އެބޭފުޅަކު ދޭންބޭނުންވާ މެސެޖެއްނުވަތަ ހިއްސާކުރަންވަން ބޭނުންވާ ފޮޓޮއެއް ޓެލެގްރާމް ނަންބަރު 9676266 މެދުވެރިކޮށް ބްރާސްފަތި ދުވަހުގެ 18:00 ގެ ކުރިން ހިއްސާކުރުމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން އެދެއެވެ.
އިހަވަންދޫ ކައުންސިލުންވެސް މިއަދުވަނީ އިޒްލޭލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާއި ދެކޮޅަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
އިޒްރޭލާ ދެކޮޅަށް މުޅި ދުނިޔޭގައި ވެސް މިހާރު އަޑު އުފުލަމުން އަންނަނީ، މިދިޔަ ރޯދަ މަހުގެ ފަހު 10 އަކުން ފެށިގެން އިޒުރޭލުން އެ ގައުމަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް މީހަކު ޝަހީދުވެ، ޒަހަމްވެ އަދި ހާލުގައި ޖެހެމުންދާތީ އެވެ.
ފަލަސްތީނުގެ މުސްލިމުންނަށް ކުރަމުންދާ ލާއިންސާނީ އަނިޔާ ހުއްޓާލައި ގަދަބާރުން ފަލަސްތީނުގެ ބިމަށް އިޒްރޭލުން އަތްގަދަކޮށްފައި އޮތްއޮތުމާއި ދެކޮޅަށް ދިވެހިން ވެސް މިވަނީ ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ.
“ފްރީޕަލަސްޓައިން” ގެ ނަމުގައި ކުރިއަށްދާ މިހަރަކާތް މިހާރު ފެށިގެން ކުރިއަށްދާއިރު މިކަމުގައި ރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ވަޒީރުންގެ އިތުރުން ދީނީ ޢިލްމުވެރިންވެސް ދަނީ ބައިވެރިވެ އަޑު އުފުލަމުންނެވެ. އަދި މީގެއިތުރުން ރާއްޖޭގެ ކުދިބޮޑު އެންމެން މިކަމުގައިދަނީ ބައިވެރިވަމުންނެވެ.