އިހަވަންދޫގައި މޯލްޑިވެސް ޕޯސްޓްގެ އައު އެޖެންޓެއް!

.

މޯލްޑިވެސް ޕޯސްޓްގެ ޕޯސްޓް ޚިދުމަތް ހއ. އިހަވަންދޫގައި ދިނުމަށް އައު އެޖެންޓެއް އައްޔަނު ކޮށްފިއެވެ. އެގޮތުން މިހިނގާ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޚިދުމަތް ދެމުންގެންދާނީ “އާޓޮލޮޖީ” އިންނެވެ.

އާޓޮލޮޖީއިން މިޚިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ވަނީ އެ ފިހާރައިގެ ވެބްސައިޓް އަޕްގްރޭޑްކޮށް، ޚާއްޞަ ޕޯސްޓް ސާވިސް މޮޑިއުލްއެއް އިތުރުކޮށްފައެވެ. އެގޮތުން ކަސްޓަމަރުން އާޓޮލޮޖީގެ ވެބްސައިޓް artology.mv އަށް ޒިޔާރަތްކުރުމަށްފަހު “Track Your Parcel” އަށް ވެންނެވުމުން، އެންމެ ފަހުން ލިބިފައިހުރި ޕާރުސަލްތަކުގެ ތަފްޞީލު ފެންނަން ހުންނާނެއެވެ.

އެ ޕޭޖްގެ ފުރަތަމަ ސެކްޝަނުން ދެން ޕާރުސަލް ދޫކުރާނެ ގަޑިތައް ފެންނަން ހުންނައިރު، އޭގެ ތިރީގައި ސާޗްބާއެއް ހުންނާނެއެވެ. ނަން، ގޭގެ ނަން ނުވަތަ ފޯނު ނަންބަރު ޖަހައިގެން ވެސް ޕާރުސަލެއް އޮތްތޯ ބަލާލެވޭނެއެވެ. ޕާރުސަލެއް އޮތްނަމަ:

  • އޮތީ ކިތައް ޕާރުސަލްކަން

  •   ހޭންޑްލިންގ ފީ ނަގާނީ ކޮން ޕާރުސަލްތަކަކަށްކަން (ހޭންޑްލިންގ ފީނަގާނީ 500 ގުރާމްއިން މަތީގެ ޕާރުސަލްތަކުންނެވެ.)

  •   ޕާރުސަލް ބަލައި އަންނައިރު ގެންނަންޖެހެނީ ކިހާ ފައިސާއެއްކަން ސާފުކޮށް ފެންނަން ހުންނާނެއެވެ.

އައު ބެޗެއްގެ ޕާރުސަލް އައިކަން ބެއްލެވުމަށް އެންމެ ފަސޭހަ އެއްގޮތަކީ އާޓޮލޮޖީގެ ވައިބަރ ގްރޫޕާ ގުޅުމެވެ.

އާޓޮލޮޖީގެ ވައިބަރ ކޮމިއުނިޓީ ލިންކް:
https://invite.viber.com/?g2=AQBBJumLKsrif1bJ2poe%2FdR%2Bz4uNo73hmq%2BjQclgvIuKjNm6MZRqnTKvX5CW4NG9

ނޯޓް: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.