މަސްވެރިން އިޙްތިޖާޖަށް..

އަޙްމަދު ޢާޞިމް

އިހަވަންދޫގެ މަސްވެރިން އިހްތިޖާޖު ކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އިހަވަންދޫގެ މަސްވެރިން މާދަމާ 1400 ގައި އިހްތިޖާޖު ކުރަން ނިންމާފައިވާއިރު، މި އިހްތިޖާޖު ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުން މި ނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ މި އިޙްތިޖާޖަކީ މަސްވެރި ޢާއިލާތައް ބިކަވެ، މަސްކޮޅަށް ހަމައަގު ނުލިބި މަސްވެރިކަމުގެ ސިނާއަތު ވަޅުޖެހިދާތީވެ މިކަމުގެ ނޭދެވޭ އަސަރު އިހަވަންދޫގެ ރައްޔިތުންނަށް ތަހައްމަލު ކުރަން ޖެހިފައިވާތީއާއި، ރަށުގެ އިޤުތިޞާދަށް މިކަމުގެ ސަބަބުން އިޔާދަނުކުރެވޭފަދަ ގެއްލުން ކުރިމަތިވަމުންދާތީ މަސްވެރި ރައްޔިތުމީހާ ހައްޤުގައި ސަރުކާރާ ހަމައަށް އަޑުއިއްވުމަށް ބޭނުންވާތީ ބާއްވާ ޞުލްޙަވެރި އިޙްތިޖާޖެއް ކަމަށެވެ. މިހަރަކާތް ރާވާ ފަރާތުން އިތުރަށް ވިދާޅުވީ މި އިޙްތިޖާޖު އޮންނާނީ މާދަމާ މެންދުރުފަހު 2:00 ގައި އިހަވަންދޫ އައިސްޕުލާންޓު ކުރިމަތީ ކަމަށާއި، މަސްވެރިންގެ ސިނާޔަތަށް ކުރިއެރުން ބޭނުންވާ އިހަވަންދޫގައި ދިރިއުޅޭ ވީހާ ގިނަބަޔަކު މި އިޙްތިޖާޖުގައި ބައިވެރިވެ ދެއްވުމަކީ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ!