އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ފަށައިގެން ކުރިޔަށް އެބަދެއެވެ. ޖުމުލަ 8 ޓީމެއް ބައިވެރިވެފައިވާ މިމުބާރާތުގެ ފަށާފައިވަނީ އިއްޔަހަވީރުއެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މިމުބާރާތުގައި ބައިވެރި ވެފައިވަނީ އެފްސީ ބޮޑުމަގު، ސެންސިޓީ، އަރާދުވާ، ކޮފަލި، ޕޮއިންޓްވަޅު އެފްސީ، ކްލަބް އިރަމާ، ކުޅިމަގު އަދި އެންވީކޭއެވެ. އިހަވަންދޫ ހުރަވީ ދަނޑުގައި ކުރިޔަށްދާ މިމުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 7 ވަނަ ދުވަހުގެ ރެއެވެ.