އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ 30 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިރޭ ހަންޑި ހޮހޮޅަ ދައްކައިލާނެކަން އެޖަމިއްޔާއިން އިއުލާންކޮށްފިއެވެ. އެގޮތުން ހަންޑި ހޮހަޅައިގެ ހަރަކާތް ކުރިޔަށްދާނީ މިރޭ 20:15 އިން ފެށިގެންނެވެ. މިދިޔަ އަޞްހާ ޢީދުގައި ތައްޔާރުކުރި މި ހޮހޮޅަ ހުންނަނީ އިމަގު ޖަމިއްޔާގެ ގޯތި ތެރޭގައެވެ.
އަންނަ ހޮނިހިރު ދުވަހަކީ އިމަގު ޖަމިއްޔާއަށް 30 އަހަރު ފުރޭ ދުވަހެވެ.އިމަގު ޖަމިއްޔާ އުފެދީ 1996 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. އިމަގު ޖަމިއްޔާއަކީ އިހަވަންދޫގެ އެންމެ ގިނަދުވަސްވީ ޖަމިއްޔާއެވެ.