ކުލަބު ޕޯލްސްޓަރ އިން އިހަވަންދޫގައި މުޅިން އަލަށް ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ކިޔުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ކުލަބު ޕޯލްސްޓަރ އިން މިއަދު ވަނީ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފައެވެ. ދެ އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް އެކުލަބުން ރާވާފައި ވަނީ 15 އަހަރުން މަތީގެ އުމުރުފުރައާއި 15 އަހަރުން ދަށުގެ އުމުރުފުރައެވެ.
މިމުބާރާތުގައި ބައިވެރި ވުމުގެ ސުންގަޑި މިހިނގާ ޖުލައި މަހުގެ 29 ވާ ހޯމަދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، މުބާރާތުގަިއ ބައިވެރިވުމަށް އެދޭ ފޯމު ދަނބުކުރި ފިހާރައިން ލިބެން ހުންނާނެ ކަމަށް ކުލަބު ޕޯލްސްޓަރ އިން މަޢުލޫމާތު ދެއެވެ.
ކުލަބު ޕޯލްސްޓަރ އިން މަޢުލޫމާތު ދޭ ގޮތުގައި މިމުބާރާތުގެ އެއްވަނަ ފަރާތަކަށް ލަންކާ ދެކޮޅު ޓިކެޓާއި ލަންކާގައި 5 ދުވަހު ހުރުމުގެ އިންތިޒާމު ހަމަޖައްސާ ދެވޭނެ އެވެ.