ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުން ނަދުވާ އަދި ނަޞްރަތު ވަނަ ހޯދައިފި

.

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުން ރަން ވަނަތަކެއް ނަދުވާ އަދި ނަޞްރަތު  ހޯދައިފިއެވެ. ޖުމުލަ 1029 ބައިވެރިވި މިމުބާރާތުގެ ނަތީޖާ ފާޅުކުރީ މިރޭބޭއްވި ރަސްމިއްޔާތެއްގައެވެ.

މުއައްސަސާތަކުގެ ބައިން 20 ފޮތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ފާޠިމަތު ނަދުވާ ހޯދާފައިވާއިރު، އިހަވަންދޫ ސްކޫލްގެ އާމިނަތު ނަޞްރަތުވަނީ މިމުބާރާތުގެ، ކީސްޓޭޖް 5 އިން ބަލައިގެން ކިޔުމުގެ ގޮފިން 3 ވަނަ ހޯދާފައެވެ.

ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތައް ހޮވިފައިވާ އިހަވަންދޫގެ ބައިވެރިންނަށް ހާއްސަކޮށް އިހަވަންދޫ ކައުންސިލުންވަނީ ހާއްސަ ތަމްރީންތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެބައިވެރިންނަށް ގަޑިތައް ނަންގަވާދެއްވީ އުސްތާޛު އަޙްމަދު ތައުފީޤްއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކޮށްފައިވެއެވެ. އެއީ 52 ސިޓީ ސްކޫލުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިންނެވެ.