އާރު.ޓީ.އެލް ގެ އެޗް 1 ރޫޓަށް ބޮޑު ބަދަލެއް ގެންނަނީ!

.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އޮޕަރޭޓްކުރާ، ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރު.ޓީ.އެލް) ގެ އެޗް 1 ރޫޓަށް ބޮޑު ބަދަލެއް ގެންނަން ނިންމައިފިއެވެ. އެމްޓީސީސީ އިން ހާމަކޮށްފައިވާ ގޮތުގައި، އެޗް 1 ރޫޓަށް ގެންނަ ބަދަލަށް އަމަލުކުރަން ފަށާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

އާރު.ޓީ.އެލް ގެ އެޗް 1 ރޫޓަކީ އިހަވަންދޫއާއި ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާ ރޫޓެވެ. މިހާރު އެރޫޓުން ދަތުރުކުރަނީ އިހަވަންދޫއިން ހެނދުނު 7:10 ގައި ފުރުމަށްފަހު, ހޯރަފުށީގައި ޓްރާންސިޓް ކުރުމަށްފަހު ނައްޓާލާގޮތަށް ސީދާ ކުޅުދުއްފުއްޓަށް ދާގޮތަށެވެ. މިހާރު ދަތުރުކުރާ ގޮތުން ހެނދުނު 8:30 ގައި ކުޅުދުއްފުއްޓަށް ދެވެއެވެ. އެޗް 1 ރޫޓަށް ގެންނަ ބަދަލާއިއެކު، އެރޫޓުން ދަތުރުކުރާއިރު ހޯރަފުށީގެ އިތުރުން މާރަންދޫ އަދި ތަކަންދޫގައިވެސް ޓްރާންސިޓް ކުރާނެއެވެ.  އަދި ކުޅުދުއްފުއްޓާއި ހަމަޔަށް ފޯރާނީ ހެނދުނު 8:50 ގައެވެ.

އެޗް 1 ރޫޓަށް ގެންނަ ބަދަލާއިއެކު، ކުޅުދުއްފުށިން ފުރާ ގަޑިއަށްވެސް ބަދަލު އަންނާނެއެވެ. މިހާރު 15:15 ގައި ފުރާއިރު އައު ބަދަލާއިއެކު 14:55 ގައި ފުރާނެއެވެ. އެޗް 1 ރޫޓް ގެ ތެރެއަށް މާރަންދޫ އަދި ތަކަންދޫ އިތުރުކޮށްފައިވާއިރު، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން މިގެންނަ ބަދަލާއި އެއްގޮތަށް ދަތުރުކުރުމަށް މިހާރުވަނީ ޓިކެޓް ވިއްކަން ފަށައިފައެވެ.

އެޗް 1 ރޫޓަށް ގެންނަ ބަދަލާއިއެކު އަންނާނެ ބަދަލުތައް:
* މިހާރު 80 މިނެޓުން ކުރާ ދަތުރު 100 މިނެޓަށް ބަދަލުވެގެންދާނެ.
* އިހަވަންދޫ އަދި ހޯރަފުށިން ދަތުރަށް އަރާފަރާތްތަކަށް މާރަންދޫ އަދި ތަކަންދޫއަށް އެދުވަހުގޮސް އެދުވަހު އާދެވޭނެ.
* މާރަންދޫ އަދި ތަކަންދޫއިން ދަތުރުކުރާ ފަރާތަކަށް ކުރުމަގަކުން ކުޅުދުއްފުއްޓަށް ދަތުރުކުރެވޭނެ މަގުފަހިވާނެ.

ޚިޔާލު ފައުޅުކުރުން

ކުޅުދުއްފުށިން ފުރައިގެން އެދުވަހު ގޮސް އަންނަން އެއްވެސް ރޫޓެއް ނު އިނދޭ ދޯ. ކޮން މިރަށު މީހުނައް ތީގަ އޮތް ފައިދާ އަކީ
ކުޅުދޫފުއްޓަށްތަ ނޫނީ ކުޅުދުއްފުށިތަ