ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަހުގެ މުނާސަބާތުގައި އިހަވަންދޫ ކައުންސިލުން ބާއްވާ މަސްރޭސް މިއަދު ކުރިޔަށް އެބަދެއެވެ. މިއަދު 15:00 ގައި މަސްރޭހުގައި ބައިވެރިވި ޓީމްތައްވަނީ މަހަށް ފުރާފައެވެ.
ޓީމްތައް މަހުން ލަފަންޖެހޭ އެންމެފަހު ވަގުތަކީ މިރޭ 21:00 އެވެ.
މިއަހަރުގެ މަސްރޭހުގައި 11 ޓީމެއް ވާދަކުރެއެވެ. އެއީ އިހަވަންދޫ ކައުންސިލް، ކުލަބް އިރަމާ، އާރުއާރުސީ، ރޯޑު ކަނބަލުން، ޓީމެ ފެނަކަ، ފަންދަރާ، ޓީމް އޭޑީއެޗްސީ، ކްލަބް އައިޕީއެސް، އީ މެކްސް، މެކްސް އެމް އަދި މާރެހާ އެވެ. މިއަހަރުގެ މުބާރާތުގެ އެއްވަނަ ޓީމަށް 5000ރ އަދި ދެވަނަ ޓީމަށް 2000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އަދި އެންމެ ބަރު މަސް ބާނާ ފަރާތަކަށް 500ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.
މޫސުން ރަނގަޅުނަމަ، މަސްރޭހުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު މިނޫހުގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުން ލައިވް ކުރާނެއެވެ.