އިހަވަންދޫ ކައުންސިލް މަސްރޭސް 2025 : އެއްވަނަ ކައުންސިލަށް

މުޙައްމަދު އަކުރަމް

މަސްވެރިންގެ ދުވަހުގެ މުނާސަބާތުގައި އިހަވަންދޫ ކައުންސިލުން ބޭއްވި، މަސްރޭސް 2025 ގެ އެއްވަނަ އިހަވަންދޫ ކައުންސިލުން ހޯދައިފިއެވެ.

އިއްޔަ ކުރިޔަށްދިޔަ މިމުބާރާތުން އެއްވަނަ އިހަވަންދޫ ކައުންސިލުން ހޯދީ 87.1 ކިލޯގެ މަސް ބާނައިގެންނެވެ. މިމުބާރާތުގެ ދެވަނަ ޓީމަށް ހޮވިފައިވަނީ އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ޓީމެވެ. އެޓީމުންވަނީ 65.220 ކިލޯގެ މަސް ބާނާފައެވެ. އެންމެ ބަރުމަހެއް ބާނާފައިވަނީ އީ މެކްސް ޓީމްގެ އަބްދުލް ހަންނާނުއެވެ. އޭނާ ބޭނި މަހުގައި 15.9 ކިލޯ ހުއްޓެވެ.

މިމުބާރާތުގެ އެއްވަނައަށް ދިޔަ އިހަވަންދޫ ކައުންސިލްގެ ޓީމަށް 5000ރ ގެ ފައިސާގެ އިނާމު ދީފައިވާއިރު، ދެވަނައަށްދިޔަ އާމިނާދިޔީ ސިއްޙީމަރުކަޒުގެ ޓީމަށް ވަނީ 2000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި އެންމެ ބަރުމަސް ބޭނި ހަންނާނަށްވަނީ 500ރ ގެ ފައިސާގެ އިނާމެއް ދީފައެވެ.

މިއަހަރުގެ މަސްރޭހުގައި 11 ޓީމެއް ވާދަކުރިއެވެ. އެއީ އިހަވަންދޫ ކައުންސިލް، ކުލަބް އިރަމާ، އާރުއާރުސީ، ރޯޑު ކަނބަލުން، ޓީމެ ފެނަކަ، ފަންދަރާ، ޓީމް އޭޑީއެޗްސީ، ކްލަބް އައިޕީއެސް، އީ މެކްސް، މެކްސް އެމް އަދި މާރެހާ އެވެ.

ޚިޔާލު ފައުޅުކުރުން

ކަލޯގަޔާ! މޮޅައްތިކަން ކޮއްލީ