ހއ.އިހަވަންދޫ މިމަހުގެ 3 އިން ފެށިގެން ކުރިއަށްދާ 44 ވަނަ އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތުގައި ފައިނަލްގެ ޖާގަ އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ޓީމުން ކަށަވަރުކޮށްފިއެވެ. ޕޮލިސްޓީމާއެކުގައި އަނެއްކޮޅުން، ފައިނަލް މެޗުގައި ބައްދަލުކުރާނޭ ޓީމެއް ހޮވުމަށް ކުޅުނު، 3 ވަނަ ސެމީގައި ބައްދަލުކޮށްފައިވަނީ، އިހަވަންދޫ ކުލަބު ޕޯލްސްޓާރއާއި އިހަވަންދޫ މަސްވެރިންގެ ގުޅުމެވެ. ފަހަތުން އަރާ 3 ސެޓު ހޯދާގެން 3 ސެޓް 2 ސެޓުން މެޗު ކާމިޔާބުކޮށް އިމަގުޓީމުން ފައިނަލްގެ ޖާގަ ކަށަވަރުކުރިއެވެ.
ދެޓީމުގެ ކުޅުމަށް ބަލާއިރު، ދެޓީމުންވެސް އެދެވޭ ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، ދެޓީމުގެ ސަޕޯރޓަރުންގެ ފަރާތުން، ފޯރިގަދަ އަދި ކުޅިވަރުގެ ރޫޙާ އެއްގޮތަށް ފުރިހަމަ ސަޕޯރޓެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
މިމެޗުގެ ފުރަތަމަ ސެޓް ޕޯލްސްޓާރގެ ޓީމުން، ގެންގޮސްފައިވަނީ 25 – 23 އެވެ. އަދި ދެވަނަ ސެޓް ޕޯލްސްޓާރގެ ޓީމުން ކާމިޔާބުކުރީ 25 – 11 އިންނެވެ. ދެވަނަ ސެޓްގައި އިމަގުގެ ކުޅުން ފުރަތަމަ ސެޓްގެ ކުޅުމަށްވުރެ ވަރަށްބޮޑުތަން ދައްކަން ފާހަގަކޮށްލެވެއެވެ.
ތިންވަނަ ސެޓްގެ ނަތީޖާ އައީ، ސީޕީއެސްގެ ސަޕޯރޓަރުން ހީކުރިގޮތާމުޅިން ހިލާފަށެވެ. ސެޓް ފެށުމަށްފަހު 9 ޕޮއިންޓްގެ ބޮޑު ލީޑެއް އިމަގުޓީމުން ނެގިއެވެ، އަދި އެޓީމުގެ ސަޕޯރޓަރުންނަށް އާދިރުމެއް ގެނެސްދިނެވެ. މިސެޓް 26 – 24 ން ކާމިޔާބުކުރީ އިމަގު ޓީމެވެ.
އިމަގުޓީމުން ތިންވަނަ ސެޓް ގެނެސްފައިވާއިރު، ހަތަރުވަނަ ސެޓުގައި އިމަގުޓީމުން ވަނީ ތިންވަނަ ސެޓަށްވުރި ފުރިހަމަ ކުޅުމެއް، ދައްކާފައެވެ. އަދި މިސެޓް އިމަގުގެ ޓީމުން ގެނެސްފައިވަނީ، 25- 15 ނެވެ.
އެންމެ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ ސެޓަކީ ފަސްވަނަ ސެޓެވެ. ފުރަތަމަ ލީޑު ހޯދާ ކުރިހޯދަމުން ދިޔައީ، ޕޯލްސްޓާރގެ ޓީމެވެ. ނަމަވެސް، އިމަގުގެ ކުޅުން ސަޕޯރޓަރުންގެ ހިތްވަރާއެކުގައި ރަނގަޅުކޮށް މިސެޓްވެސް ކާމިޔާބުކުރިއެވެ. މިސެޓް އިމަގުޓީމުން، ކާމިޔާބުކުރީ 16 – 14 ންނެވެ.
ދެޓީމުންވެސް ހުނަރުވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މިފޯރިގަދަމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފާވަނީ އިމަގުޓީމަށް ރާއްޖެއިން ބޭރުން ގެނެސްފައިވާކުޅުންތެރިޔާ، ތަރުވާ އަނިކާއެވެ.
މިމުބާރާތުގެ އެންމެ ފަހުމެޗު، (ފައިނަލްމެޗު) އޮންނާނީ، މާދަމާ ހަވީރު 4:00 ގައެވެ. މިމެޗުގައި ބައްދަލުކުރާނީ ޕޮލިސްކުލަބާ އިމަގު ޖަމިއްޔާއެވެ.