17 ދުވަސް ފަހުން އިހަވަންދޫގެ މޮނިޓަރިން އުވާލައިފި

މަރިޔަމް

ހއ. އިހަވަންދޫއަށް އަރައި ފޭބުން ހުއްދަކޮށް އެރަށުގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ހެލްތު ޕުރޮޓެކްޝަން އޭޖެންސީ އިން އިހަވަންދޫ މޮނިޓަރިންގ އަށް ލާފައި މިވަނީ އޯގަސްޓު 13 ވީ ހުކުރު ދުވަހު  ދ. ކުޑަހުވަދޫން އިހަވަންދޫއަށް އައި 4 މީހުން ކޮވިޑަށް ފައްސިވެފައިވަނިކޮށް އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު އޯގަސްޓު 16 ގައި ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން ހާމަކުރައްވާފައިވާ މައުލޫމާތު ތަކަށް ބަލާއިރު އިހަވަންދޫން ކޮވިޑަށް ފައްސިވި ކޭސްތަކާ ގުޅިގެން އިއްޔަގެ ނިޔަލަށް ޖުމުލަ 813 ސާމްޕަލް އެއް ނަގާފައި ވެއެވެ. އެއިގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ 22 ސާމްޕަލް އެވެ. އެމަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި އަދި ނަތީޖާ ނުލިބޭ 19 ސާމްޕަލް އެއް ވާއިރު މިވަގުތު ކޮވިޑު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 14 މީހުންނެވެ. ބަލިޖެހުނު 22 މީހުންގެ ތެރެއިން 8 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.