ސީއެސްސީ އާއި ފިނޭންސް މިނިސްޓްރީ އިން އެންގުމުންވެސް އިހަވަންދޫ ކައުންސިލުން، އަލީއަށް ހައްގުވާ މުސާރަ ނުދިން
އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމްގައި، ހއ. އިހަވަންދޫ، ގިގުނިގޭ/ އަލީ ޝިފާޒް ހޭދަކުރި މުއްދަތަށް ހައްގުވާ މުސާރަ ދިނުމަށް، ސިވިލް ސަރވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީ އިން އެންގުމުންވެސް އޭނާއަށް މުސާރަނުދީ އިހަވަންދޫކައުންސިލުން ހިފަހައްޓައިފިއެވެ.
އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް، ސިވިލް ސަރވިސް ކޮމިޝަނުން އަލީ ޝިފާޒް އައްޔަންކުރީ 15 ޖެނުއަރީ 2023 ގައެވެ. އަލީ އޭރުހުރީ އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތް ސަރވިސަސްގެ މަޤާމުގައެވެ. ނަމަވެސް އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވުމުން އޭނާ، އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތް ސަރވިސަސްގެ މަޤާމުން 9 ޖެނުއަރީ 2023 ގައި އިސްތިއުފާ ދިނީއެވެ. ނަމަވެސް އިހަވަންދޫ ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ ސަބަބުން މަސައްކަތްކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުވެފައިނުވާތީ، 03 އޭޕްރީލް 2023 ގައި އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން އޭނާ އިސްތިއުފާދިނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެމުއްދަތުގައި އަލީވަނީ އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި ތަފާތުއެކި ޕްލެޓްފޯމްތަކުގައި ތަމްސީލުކޮށްފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުންވެސްވަނީ، އަލީއަށް ހައްގުވާ މުސާރަ ދިނުމަށް 20 ފެބުރުވަރީ 2024 ގައި އިހަވަންދޫ ކައުންސިލަށް އަންގާފައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ އެންގުމަށް އިހަވަންދޫ ކައުންސިލުން އަމަލުނުކުރުމުން، ފިނޭންސް މިނިސްޓްރީއިންވަނީ 29 އޭޕްރިލް 2024 ގައި، މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އަލީއަށް ހައްގުވާ 43،330.66ރ ދެއްކުމަށް އަންގާފައެވެ. އެކަމާގުޅިގެން ފިނޭންސް މިނިސްޓްރީއިން އިހަވަންދޫ ކައުންސިލަށް ފޮނުވި ސިޓީގައިވަނީ، ކައުންސިލްތަކަށް އައްޔަންކުރާ ސެކްރެޓަރީ ޖެނެރަލްއަކީ އެހެން މުވައްޒަފުންނެކޭ އެއްގޮތަށް ދައުލަތުން މުސާރަދޭން ޖެހޭ ފަރާތަކަށްވާތީ، އެފަރާތުން މަސައްކަތްކޮށްފައިވާ މުއްދަތަށް ހައްގުވާ ޖުމުލަ 43330.66ރ 15 މޭ 2024 ކުރިން އަލީ އަށް ދައްކާ އެކަން އެމިނިސްޓްރީއަށް އެންގުމަށާއި، އެފަދައިން އަމަލުނުކޮށްފިނަމަ ކުރިޔަށްއޮތް މަހުގެ ބްލޮކް ގްރާންޓް އިހަވަންދޫ ކައުންސިލަށް ދޫކުރެވޭނީ އެފައިސާ އުނިކުރުމަށްފަހު ކަމުގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފިނޭންސް މިނިސްޓްރީއިން އަންގާފައިވާ މުއްދަތުގައި އިހަވަންދޫ ކައުންސިލުން އަލީއަށް މުސާރަ ދީފައެއްނުވެއެވެ.
ފިނޭންސް މިނިސްޓްރީގެ އެންގުމާއި ގުޅިގެން އިހަވަންދޫ ކައުންސިލްގެ ވިސްނުހުރިގޮތެއް ސާފުކުރުމަށް، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއާ މިނޫހުން ސުވާލުކުރިނަމަވެސް އެބޭފުޅާ އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ފިނޭންސް މިނިސްޓްރީން ކައުންސިލަށްދޭ ގުރާންޓުން އުނިކޮށް އަލީއަށް މުސާރަ ދީފި!
12 - ޖެނުއަރީ - 2025
ފިނޭންސް މިނިސްޓްރީގެ ހުއްދަނުލިބިގެން އިހަވަންދޫ ކައުންސިލްގެ ގިނަ މަސައްކަތްތަކެއް ހުއްޓިފައި
19 - ފެބްރުއަރީ - 2026
އިހަވަންދޫގައި 50 ޓަނުގެ އައިސް ޕްލާންޓެއް ބަހައްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ
21 - އޮގަސްޓު - 2024
އިހަވަންދޫ ކައުންސިލަށް އެއްވެސް އެއްޗެއް ގަނެވޭނެ ގޮތެއްނެތް – ސޮބާހް
1 - މާރިޗު - 2023
އިހަވަންދޫ ކައުންސިލްގެ ވަޒީފާތަކަށް މީހުންނެގުން ސިވިލްސާވިސް ކޮމިޝަނަށް
29 - ޖެނުއަރީ - 2023
އިހަވަންދޫ ކައުންސިލަށް، އަލީ ކަމަކު ނުދިޔަ
31 - ޑިސެމްބަރު - 2022
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް