އިހަވަންދޫން ބަންޑާރަ ގޯތި ނުދޭތާ 17 އަހަރު ފަހުން ފަހުން އިހަވަންދޫން ބަންޑާރަ ގޯތި ދޫކޮށްފިއެވެ.
އިހަވަންދޫން 200 ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި 455 މީހުންގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބިފައިވާ ފަރާތްތަކާއި ޕޮއިންޓުގެ ގޮތުން އެއްވަރުވުމުން ގުރުލާގެން ގޯތި ލިބޭކަން ކަށަވަރުވި ފަރާތްތަކަށް މިރޭ ވަނީ ގޯތީގެ ބޮލުކު ގުރުނެގުމާ އެކު ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައެވެ.
މިރަސްމިއްޔާތު ބާއްވާފައި ވަނީ މިރޭ 8:30 ގައި އިހަވަންދޫ އޯޕަން ސްޓޭޖު ސަރަހައްދުގައި އެވެ. މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކައުންސިލްގެ ރައީސް ވަނީ މިރޭ ހަވާލުކުރެވޭ 200 ގޯތީގެ އިތުރުން ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިން އަދި ވެސް އިހަވަންދޫން ބަންޑާރަ ގޯތި ދޫކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މިރޭ މިހަވާލުކުރެވުނު ބިންތައް ސާފުކުރެވުނުހާ އަވަހަކަށް ބިން ރެޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ބިން ސާފުކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ ހަރަދުގައި އެމްޓީސީސީގެ އެހީތެރިކަމާއެކުގައި ކަން ރައީސް ފާހަގަ ކުރެއްވިއެވެ.