ކުޅުނު ހުރިހާ މެޗަކުންމޮޅުވެ ޕޯލްސްޓަރ ފައިނަލަށް

މުޙައްމަދު އަކުރަމް

އެޗްއާރްއެފް ވޮލީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ކްލަބް ޕޯލްސްޓަރ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޕޯލްސްޓަރ އިން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިރޭ ހޯރަފުށީ އައުޓްޑޯ ވޮލީ ކޯޓުގައި، އެފްސީ ފްރިގޭޓަރ އާއި ދެކޮޅަށް ކުޅުނު މެޗް ސީދާ 3 ސެޓުން ކާމިޔާބުކޮށްގެން ލީގު ބުރުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.  މި މެޗުގެ ސެޓްތައް ޕޯލްސްޓަރ އިން ގެންދިޔައީ 25-13، 25-16 އަދި 25-11 އިންނެވެ. މިމެޗްގެޗެސް މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކްލަބް ޕޯލްސްޓަރގެ ބިދޭސީ ކުޅުންތެރިޔާ ޖާޒީ ނަންބަރު 4، ސަރަވަނަން ޝާލިނީ އެވެ.

މިމުބާރާތުގެ ލީގް އުސޫލުން ފުރަތަމަބުރު ކުޅެ އެންމެގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުން ޖާގައެއް ކަށަވަރު ކުރެވޭއިރު، ދެވަނަ އަދި 3 ވަނައަށް ދާޓީމް ސެމީފައިނަލަށް ދަތުރުކުރާނެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ކުރިޔަށްގެންދާ މުބާރާތެކެވެ. މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެރޭ 20:15 ގައި  ހޯރަފުށީ އައުޓްޑޯ ވޮލީ ކޯޓުގައެވެ.