ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި

.

0-2 އިން  އިރަމާ ކުރީގައި އޮވެގެން  މެޗް ނިމެންދަނިކޮށް، އާދަޔާހިލާފު ގޮތަކަށް ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފިއެވެ. ރޭކުޅުނު ފައިނަލްމެޗްގައި އިރަމާގެ މައްޗަށް އެންވީކޭ ކުރިހޯދީ 5-4 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު ފައިނަލް މެޗްގައި އިރަމާއިން 2-0 ގެ ނަތީޖާއަކުން ކުރިހޯދައިގެން މެޗް ނިމެން ދަނިކޮށް އެންވީކޭ އެއްވަރުކުރީ މެޗްގެ ވަގުތު ހަމަވުމުން ދެއްކި އިތުރުވަގުތު 6 މިނެޓްގެ ތެރެއިން ފަހު 3 މިނެޓްގައެވެ. 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، މެޗްގެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފެނަލްޓީގައި އެންވީކޭ ވަނީ 5-4 އިން އިރަމާގެ މައްޗަށް ކުރިހޯދައިފައެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ޖާޒީ ނަންބަރު 99 މުހައްމަދު އާދިލްއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަށްވެސް ހޮވުނީ އޭނާއެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާއަށް  ހޮވުނީ ޔުނައިޓެޑް ޔޫތްގެ ޖާޒީ ނަންބަރު 7 އަލީ ނާއިޝްއެވެ. މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް  ހޮވިފައިވަނީ ޔުނައިޓެޑް ޔޫތްގެ ޖާޒީ ނަންބަރު 27 މުހައްމަދު ތަހްސީންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އެންވީކޭގެ ޖާޒީ ނަންބަރު 11 މުހައްމަދު ނާއިމްއެވެ.

މިމުބާރާތުގެ އެއްވަނަ ހޯދި އެންވީކޭއަށް 15000ރ ގެ ފައިސާގެ އިނާމު ދީފައިވާއިރު ދެވަނައަށް ދިޔަ އިރަމާއަށް 5000ރ ގެ ފައިސާގެ އިނާމު ދީފައިވެއެވެ. މިއީ މިމުބާރާތް ކައުންސިލުން ކުރިޔަށްގެންދިޔަ 7 ވަނަ ފަހަރެވެ.