ބިއުޓިފުލް ބްލޫގެ ބޮޑު ސޭލުން، 250ރ ގެ ވިޔަފާރި ކޮށްގެން 65 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު!

.

ބަރަކަތްތެރި ރަމަޟާން މަހާއި ދިމާކޮށް ބިއުޓިފުލް ބްލޫގެ ފިހާރަތަކުގައި، ބިއުޓިފުލް ރަމަޟާން ސޭލްގެ ނަމުގައި ސޭލްއެއް އަޅުވަން ތައްޔާރުވެއްޖެއެވެ. މިސޭލް ކުރިޔަށްދާނީ ބިއުޓިފުލް ބްލޫ އަދި ބިއުޓިފުލް ކަލެކްޝަން ފިހާރާގައެވެ.

މީގެ އިތުރުން މިއަދު ހަވީރުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހާއި ހަމަޔަށް، ބިއުޓިފުލް ބްލޫގެ އަދި ބިއުޓިފުލް ކަލެކްޝަން ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ލަކީޑްރޯއެއްވެސް ކުރިޔަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ. ކުރާ ކޮންމެ 250ރ ގެ ވިޔަފާރިޔަކަށް ކޫޕަނެއް ދޭއިރު، ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމު ތަކެއް ދިނުމަށްވެސް ވަނީ ކަނޑައަޅައިފައެވެ. މި ދެފިހާރައިން ވިޔަފާރިކުރާ ފަރާތްތަކަށްވެސް މި ލަކީޑްރޯގައި ބައިވެރިވެވޭއިރު، ލަކީޑްރޯއިން 1 ވަނައަށް ގުރުއަތުން ހޮވޭ ފަރާތަށް 65 އިންޗީގެ ޓީވީއެއް، ދެ ވަނަޔަށް ހޮވޭ ފަރާތަށް 8 ކިލޯގެ އޮޓަމެޓިކް ދޮންނަ މެޝިނެއް އަދި ތިންވަނަޔަށް ހޮވޭފަރާތަށް ސަންފޯރްޑް ބްރޭންޑްގެ ކޮފީ މެށިނެއް ދޭނެއެވެ. މި ޕްރޮމޯޝަންގެ ގުރުނެގުން އޮންނާނީ ފެބްރުއަރީ 28 ވަނަ ދުވަހުއެވެ.

ބިއުޓިފުލް ބްލޫގެ ވެރިޔާ ޔާމީން މައުލޫމާތު ދެއްވިގޮތުގައި، މި ސޭލްއިން ކަސްޓަމަރުންނަށް ރަމަޟާން މަހަށާއި، ދިރާސީ އައު އަހަރަށް ބޭނުންވާނެ ތަކެތި އަގުހެއޮކޮށް ލިބޭނެ މަގުފަހި ވެގެންދާނެއެވެ. ޔާމީން ފާހަގަކުރެއްވި ގޮތުގައި މިސޭލްގައި ވިއްކާ އައިޓަމްތަކުގެ ކޮލިޓީ ރަނގަޅު ވުމުގެ އިތުރުން، ހީވެސްނުކުރާހާ ހެއޮއަގުގައި ލިބެން ހުންނާނެއެވެ. މީގެ އިތުރުން މިސޭލް ގައި އިހަވަންދޫއަށް މުޅިން އަލަށް ތައާރަފްކުރެވޭ ބައެއް ޕްރޮޑަކްތައްވެސް ލިބެން ހުންނާނެއެވެ. އެގޮތުން ޑޯނަޓް މޭކަރ، ސޭންޑްވިޗް މޭކަރ އަދި ކޯފީމެޝިން ފަދަ ތަކެތި ލިބެން ހުންނާނެކަމަށް ޔާމީން މައުލޫމާތު ދެއްވިއެވެ.

“މި ސޭލްގައި ބިއުޓިފުލް ބްލޫއަށް ގެނެސްފައިވާ އެންމެ ފަހު ފޮތި ޝިޕްމަންޓްގެ އައިޓަމްތައްވެސް ހިމެނޭނެ، އަދި ބިއުޓިފުލް ކަލެކްޝަނުން  ވަރަށް ލަކްޒަރީ އައިޓަމްތައްވެސް ލިބެން ހުންނާނެ” ޔާމީން މައުލޫމާތު ދެއްވިއެވެ. މިހާކުރިން ސޭލް އަޅުވަނީ ކީއްވެތޯ ސުވާލުކުރުމުން، ޔާމީން ބުނީ އެއީ އިހަވަންދޫ ކަސްޓަމަރުންނަށް ފުރުސަތުދޭން ކަމުގައެވެ. ފެބްރުއަރީ މަހު 8 ގައި ގިނަރަށްތަކަކުން ވިޔަފާރިކުރަން އިހަވަންދޫއަށް އަންނާނެކަން ފާހަގަކޮށް ޔާމީން ބުނީ އިހަވަންދޫގެ ކަސްޓަމަރުންނަށް ހަމަޖެހިލައިގެން ވިޔަފާރިކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމުގައެވެ.