ނައިވާދޫ ޒޯން ތައްޓާއި ހަމަޔަށް ގެންގޮސްދިން، އެޓީމްގެ މުހިއްމު އެއް ކުޅުންތެރިޔާ ސާއްޕެ އަދި ރަށަށްޓަކައި ޓީމް އޮތީ ތަށި ނަގަން ތައްޔާރަށް ކަމަށް ނައިވާދޫ ޓީމްގެ އެސިސްޓެންޓް ކޯޗް ސިނާން ބުނެފިއެވެ. “ކާށިދޫ އަކީ ސަޕްރައިޒްޓީމެއް މެޗް ފަސޭހައެއްނުވާނެ ، މެޗުންމޮޅުވާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނޑުމަތީ ކުޅުންތެރިން ދައްކާނެ ! ވަރަށް އުންމީދުކުރަން! ގޮތްނިންމާނީ އެހެން ފަރާތަކުން. إِنْ شَاءَ ٱللَّٰهُ ނަައިވާދޫއަށް ވާނެ !” އެސިސްޓެންޓް ކޯޗް ބުންޏެވެ. މިމުބާރާތުގެ ފައިނަލަށް ނައިވާދޫ ޓީމް ދަތުރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ގަމާ ވާދަކޮށް 1-3 އިން މޮޅުވެގެންނެވެ.
ޓީމާއި އެއްގޮތަށް ޓީމްގެ ސަޕޯޓަރުންވެސްތިބީ މާދަމާރޭގެ މެޗަށް ކެތްމަދުވެފައެވެ. މައުލޫމާތު ލިބޭގޮތުގައި ޓީމްގެ ބައެއް ސަޕޯޓަރުން ދިގުދަތުރެއް ކޮށްފައި ޑިންގީގައި މެޗްބަލަން ދާނެއެވެ. ޓީމަށް ސަޕޯޓް ކުރައްވާ ހުރިހާ ފަރާތްތައްވެސް ފެހިކުލައިގެ ހެދުމެއްގައި މިރޭގެ މެޗަށް އައުމަށް ނައިވާދޫ ޓީމުން އެދެއެވެ.
މިމުބާރާތުގެ ފައިނަލްގައި ނައިވާދޫ އާއި ކާށިދޫ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 8:00 ގަ އެވެ. މިއީ ނައިވާދޫ އާއި ކާށިދޫ ވެސް މުބާރާތުގެ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ނައިވާދޫ ވަނީ މިއަހަރުގެ ހދ. އަތޮޅާއި ޒޯން 1 ގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ނައިވާދޫ އަތޮޅު ފައިނަލް ތަށި ހޯދީ ހދ. ނޭކުރެންދޫ ބަލިކޮށްފަ އެވެ. އަދި ޒޯން ފައިނަލްގައި ވަނީ ހއ. ދިއްދޫ ބަލިކޮށްފަ އެވެ. ގަދަ 16ގައި މައްޗަންގޮޅިއާ ވާދަކޮށް ބޮޑު ތަފާތަކުން ކުރި ހޯދި އިރު، ކުއާޓާގައި ވަނީ މަހިބަދޫ ކޮޅަށް ވެސް ގިނަ ގޯލުތަކެއް ޖަހައިފަ އެވެ.
މިމުބާރާތުގެ ނައިވާދޫގެ ޓްރެކް ރެކޯޑަށް ބަލާލާއިރު އެޓީމްވަނީ ހދ. އަތޮޅު ތަށި 7 ފަހަރު ކާމިޔާބުކޮށް، ޒޯން ޒޯން ޗެމްޕިއަންކަން 3 ފަހަރު ކާމިޔާބުކޮށް އަދި ކުއަރޓަރ ފައިނަލްގައި ދެ ފަހަރު ކުޅެފައެވެ. މީގެ ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލަށް ވުރެ ދުރަށް ދަތުރު ނުކުރެވުނު، ނައިވާދޫން މިފަހަރު މިވަނީ ބޮޑު ކުރިއެރުމެއް ހޯދައި، ފައިނަލަށް ދަތުރުކޮށްފަ އެވެ. ހާއްސަކޮށް، ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، އަބްދުﷲ ޝާފިއު (ޝާއްޕެ) އަނިޔާއާ ހެދި ނުކުޅެވުނު ދަނޑިވަޅުގައި ވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ފައިނަލަށް ދަތުރުކުރީއެވެ.