ރަށުފެންވަރުގައި ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް އަންނަމަހު 9 ގައި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް އަންނަ ޖޫން މަހުގެ 9 ވަނަދުވަހު ފެށުމަށް ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އިހަވަންދޫ މަދަރުސާއާއި، އިހަވަންދޫގައި ހިންގާ ޤުރުއާން ކުލާސްތަކުގެ ދަރިވަރުންގެ އިތުން ކްލަބް، ޖަމިއްޔާ އަދި ޖަމާއަތްތަކަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 30 ބުދަދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުގައި މިމުބާރާތުގައި ބައިވެރިވުމުގެ ފޯމް އަދި މުބާރާތުގެ ޤަވާއިދު ލިބެން ހުންނާނީ އެކައުންސިލް އިދާރާއިންނެވެ. ކައުންސިލް އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތަކީ 2018 ވަނަ އަހަރު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށާއި، ހއ. އަތޮޅުގެ ފެންވަރުގައި ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރަށުފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތެކެވެ. މިމުބާރާތުން އެންމެ ރަނގަޅު ވަނަތަށް ހާޟިލް ކުރާ ދަރިވަރުން އަތޮޅު ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތަށް ހޮވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.