އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2024، ގެ ފައިނަލަށް ކުޅިމަގު ދަތުރުކޮށްފިއެވެ.
މިމުބާރާތުގެ ފައިނަލަށް ކުޅިމަގު ދަތުރުކުރީ ރޭ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ސީދާ 3 ސެޓުން ޖަންގަލް ބަލިކޮށްގެންނެވެ. ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކުޅިމަގު ޓީމްގެ އިބްރާހިމް ފަޒީލްއެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖް ލީގު އުސޫލުން ކުޅޭއިރު، އެންމެ ގިނައިން ޕޮއިން ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރު ވާނެއެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ކުޅިމަގު ކުޅުނު ހުރިހާމެޗަކުން މޮޅުވެ 9 ޕޮއިންޓް ހޯދިއިރު ދެވަނައަށްދިޔަ ޖަންގަލްއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. އެހެންކަމުން މިރޭ ކުޅޭ ސެމީފައިނަލް މެޗްގައި ބައްދަލުކުރާނީ ޖަންގަލް އަދި 3 ޕޮއިންޓާއި އެކު ގްރޫޕް ސްޓޭޖުން 3 ވަނަ ހޯދި ކްލަބް އިރަމާއެވެ. މިމަހުގެ 12 އިން 17 އަށް ކުރިޔަށްދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ ޔުނައިޓެޑް ޔޫތް، ކުޅިމަގު، ކުލަބް އިރަމާ އަދި ޖަންގަލްއެވެ.