އިހަވަންދޫގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިންޖީނުގޭގެ މެއިން ކޮންޓްރޯލް ޕެނަލްގެ އަޕްގްރޭޑިންގ މަސައްކަތެއް ކުރުމަށް މާދަމާ (22 ނޮވެމްބަރ 2025 ވާ ހޮނިހިރު ދުވަހު) 3 ގަޑިއިރަށް މުޅިރަށުން ކަރަންޓް ކަނޑާލައިނެކަން އިހަވަންދޫ ފެނަކަ ބްރާންޗުން އިއުލާންކޮށްފިއެވެ. މާދަމާ ކަރަންޓް ކަނޑައިލުމަށް ހަމަޖެހިފައިވަނީ، މާދަމާ މެންދުރުފަހު 14:00 އިން 17:00 އަށެވެ.
ފަހަކަށް އައިސް އިހަވަންދޫއިން ކަރަންޓް ކެނޑޭ މައްސަލަ އަންނަނީ ބޮޑުވަމުންނެވެ. އެގޮތުން މިމަހުގެ 3 ވަނަ ދުވަހު، ކުރިން އެންގުމަކާއިނުލާ މުޅި ރަށުން ކަރަންޓް ގޮސްފައިވެއެވެ. އަދި މިއަހަރުގެ ޖުލައިމަހު ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ އެކިދުވަސްމަތިން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާފައިވެއެވެ.