ޕޯލް: ވޯޓްލީ ކިޔުންތެރިން ބުނަނީ އިހަވަންދޫ ކައުންސިލްގެ މެޖޯރިޓީ ނަގާނީ "ރައްޔިތުންގެ ޓީމު" ކަމަށް!

.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. އިހަވަންދޫ ކައުންސިލަށް ވާދަކުރާ ތިން ޓީމުގެ ތެރެއިން، ކައުންސިލްގެ މެޖޯރިޓީ ހޯދާނެ ކަމަށް ބެލެވެނީ ކޮން ޓީމަކުންތޯ ބެލުމަށް ކިޔުންތެރިންގެ މެދުގައި ކުރިޔަށް ގެންދިޔަ ޕޯލް، އަމިއްލަ ގޮތުން  އެއްޓީމެގެ ގޮތުގައި ވާދަކުރާ “ރައްޔިތުންގެ ޓީމު” ކާމިޔާބު ކޮށްފިއެވެ.

މި ޕޯލްގައި ބައިވެރިވި މީހުންގެ ބޮޑު އަޣުލަބިއްޔަތެއް ކަމަށްވާ 65 އިންސައްތަ ވޯޓާއެކު ރައްޔިތުންގެ ޓީމުން ވަނީ ކުރިހޯދާފައެވެ. މި ނަތީޖާއާއެކު އެ ޓީމަށް ވަނީ ޖުމުލަ 165 ވޯޓު ލިބިފައެވެ.

ޕޯލްގެ ނަތީޖާ ދައްކާގޮތުން، ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ މިހާރު ވެރިކަންކުރާ ޕާޓީ، ޕީއެންސީ އަށެވެ. ޕޯލަށް ވޯޓުލީ މީހުންގެ ތެރެއިން 19 އިންސައްތަ މީހުން ގަބޫލުކުރަނީ އިހަވަންދޫ ކައުންސިލްގެ މެޖޯރިޓީ ހޯދާނީ ޕީއެންސީން ކަމަށެވެ. އެއީ ޖުމުލަ 48 ވޯޓެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް މި ޕޯލްގައި ލިބިފައިވަނީ 13 އިންސައްތަ ވޯޓެވެ. އެއީ 33 މީހުންގެ ވޯޓެވެ. މީގެ އިތުރުން، އެއްވެސް ކޮޅަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް 8 މީހަކު ވަނީ ވޯޓު ދީފައެވެ.

މި ޕޯލްގައި ޖުމުލަ 254 މީހުން ވަނީ ވޯޓު ދީފައެވެ.