މަންދު ކޮލެޖުން ސެޕްޓެމްބަރު 2021ގެ އިންޓޭކް ކޯސްތަކަށް ކުރިމަތި ލުމަށް ހުޅުވާލައިފިއެވެ.
އެކޮލެޖުން މައުލޫމާތު ދެއްވާ ގޮތުގައި މިފަހަރުގެ އިންޓޭކްގައި 9 ދާއިރާއަކުން ޖުމުލަ 37 ކޯހަށް، ސެޓިފިކެޓް ލެވެލް 3 އިން މާސްޓާސް އަށް ވަނީ ހުޅުވާލެވިފައެވެ. ކޯސްތައް ޖުމުލަ ގޮތެއްގައި އަމާޒު ކުރެވިފައިވާ ދާއިރާ ތަކަކީ
ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމުގެ ދަށުން މަންދު ކޮލެޖުގެ ޑިގްރީ ޕްރޮގްރާމްތަކަށް އެޕްލައިކޮށް ކިޔެވުން ކުރިއަށް ގެންދެވޭއިރު އެކޮލެޖުގައި ހިންގާ ހުރިހާ ޕްރޮގްރާމް ތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު. އޭ) ގަބޫލުކުރާ ކޯސްތަކެކެވެ. މަންދުކޮލެޖުގެ ކޯސްތަކަށް ވެބުސައިޓު މެދުވެރިކޮށް އެޕުލައި ކުރެވޭއިރު ސެޕްޓެމްބަރު އިންޓޭކާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9750055 ނަންބަރަށް ގުޅުއްވުމަށް ކޮލެޖުން އިރުޝާދު ދެއްވައެވެ. މަންދު ކޮލެޖަކީ މެދުކެނޑުމެއް ނެތި، 20 އަހަރު ، ކަނޑުހުރަސްކޮށް ތަޢުލީމު ސީދާ ރަށަށް، ރާއްޖޭގެ ފުރަތަމަ އަމިއްލަ ވާޗުއަލް ކެމްޕަހެއް ބޭނުންކޮށްގެން ކާމިޔާބުކަމާއެކު ފޯރުކޮށްދެމުން އަންނަ ހަމައެކަނި ކޮލެޖެވެ.