Banner Image Description

މަންދު ކޮލެޖުން އަންނަ މަހު ފަށާ 37 ކޯހަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

ޢަބުދުﷲ ޙަމީދު

މަންދު ކޮލެޖުން ސެޕްޓެމްބަރު 2021ގެ އިންޓޭކް ކޯސްތަކަށް ކުރިމަތި ލުމަށް ހުޅުވާލައިފިއެވެ.
އެކޮލެޖުން މައުލޫމާތު ދެއްވާ ގޮތުގައި މިފަހަރުގެ އިންޓޭކްގައި 9 ދާއިރާއަކުން ޖުމުލަ 37 ކޯހަށް، ސެޓިފިކެޓް ލެވެލް 3 އިން މާސްޓާސް އަށް ވަނީ ހުޅުވާލެވިފައެވެ. ކޯސްތައް ޖުމުލަ ގޮތެއްގައި އަމާޒު ކުރެވިފައިވާ ދާއިރާ ތަކަކީ

  1. ބިޒިނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓު
  2. ޓުއަރިޒަމް އެންޑު ހޮސްޕިޓަލިޓީ
  3. ޓީޗިން – ޕްރައިމަރީ، މިޑްލް ސްކޫލު އަދި ސެކަންޑަރީ
  4. އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ކޮމްޕިޔުޓަރ ސައިންސް
  5. ފަބްލިކް އެޑްމިނިސްޓްރޭޝަން
  6. ސްޕެޝިއަލް ނީޑްސް އެޑިޔުކޭޝަން
  7. ހިއުމަން ރިސޯސަސް
  8. އެކައުންޓިންގް އެންޑް ފައިނޭންސް
  9. އެޑިޔުކޭޝަނަލް ލައިބްރޭރިއަން ޝިޕް

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމުގެ ދަށުން މަންދު ކޮލެޖުގެ ޑިގްރީ ޕްރޮގްރާމްތަކަށް އެޕްލައިކޮށް ކިޔެވުން ކުރިއަށް ގެންދެވޭއިރު އެކޮލެޖުގައި ހިންގާ ހުރިހާ ޕްރޮގްރާމް ތަކަކީވެސް  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު. އޭ) ގަބޫލުކުރާ ކޯސްތަކެކެވެ. މަންދުކޮލެޖުގެ ކޯސްތަކަށް ވެބުސައިޓު މެދުވެރިކޮށް އެޕުލައި ކުރެވޭއިރު ސެޕްޓެމްބަރު އިންޓޭކާ ގުޅޭ  އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9750055 ނަންބަރަށް ގުޅުއްވުމަށް ކޮލެޖުން އިރުޝާދު ދެއްވައެވެ. މަންދު ކޮލެޖަކީ މެދުކެނޑުމެއް ނެތި، 20 އަހަރު ، ކަނޑުހުރަސްކޮށް ތަޢުލީމު ސީދާ ރަށަށް، ރާއްޖޭގެ ފުރަތަމަ އަމިއްލަ ވާޗުއަލް ކެމްޕަހެއް ބޭނުންކޮށްގެން ކާމިޔާބުކަމާއެކު ފޯރުކޮށްދެމުން އަންނަ ހަމައެކަނި ކޮލެޖެވެ.