ހއ.އިހަވަންދޫގެ ފެންޓަސީ މެނޭޖަރުންނަށް ހުޅުވާލައިގެން އީ.ޕީ.އެލް ފެންޓަސީ ލީގެއް ،މައި ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތުން އިއުލާން ކޮށްފިއެވެ. އެ ޓީމުގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް މި މަހުގެ ދެވަނަ ދުވަހު ހުޅުވާލި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ އަށް ހަމަވާނެއެވެ.
މި ލީގުގައި ބައިވެރިވުމަށްޓަކައި މާދަމާ ރާއްޖޭ ގަޑިން 1630 ގައި ފަށާ އިނގެރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ފެށުމުގެ ދޮޅު ގަޑިއިރު ކުރިން ފެންޓަސީ ޓީމެއް ހަދައި ޔުނައިޓެޑް ޔޫތުގެ އެފް.ޕީ.އެލް ގެ ކޯޑު (urp7u9) ޖަހާލައިގެން ލީގުގައި ބައިވެރި ވެލާށެވެ. ނުވަތަ އެ ލީގެގެ އޮޓޯ ލިންކް ބޭނުން ކޮށްގެން ވެސް ބައިވެރި ވެވޭނެއެވެ. މި ލީގުގައި ބައިވެރި ވުމަށް ފަހު އެ މެނޭޖަރެއްގެ މޮބައިލް ނަމްބަރު ޔުނައިޓެޑް ޔޫތުގެ ރަސްމީ ފޭސްބުކް ޕޭޖަށް މެސްޖް ކޮށްލާށެވެ. އަދި,މި ލީގުގެ އެއްވަނަ ފަރާތަކަށް 2000 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަ ޖެހިފައެވެ.
މިއީ މިހާތަނަށް އިހަވަންދޫ އަށް ހުޅުވާލައިގެން ކުރިއަށްގެންދެވޭ ފުރަތަމަ ފެންޓަސީ ލީގެވެ.