ޖޭއޭ މަނަފަރު ރިސޯޓުގެ މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކިކުރި އިހަވަންދޫއަށް ނިސްބަތްވާ މުވައްޒަފުންގެ ވަޒީފާ އިޢާދަ ކުރުމަށް އިހަވަންދޫ ކައުންސިލްގެ ރައީސް ގޮވާލައްވައިފިއެވެ.
ކައުންސިލްގެ ރައީސް ރޭ ކުރެއްވި ފޭސްބުކު ޕޯސްޓުގައި ބުނެފައި ވަނީ ޖޭއޭ މަނަފަރު ރިސޯޓުގެ މުވައްޒަފުންގެ ތެރެއިން އިހަވަންދޫއަށް ނިސްބަތްވާ 14 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ މިހާލަތުގައި އެ އާއިލާތަކަށް ލިބޭނެ ނިކަމެތިކަމެއް ކަމަށެވެ. ސަރުކާރުގެ އިންކަމް ސަޕޯޓު އެލަވަންސަކީ ވަގުތީ ހައްލެއްކަމަށް ބުނެ ރައީސް ވަނީ ވަޒީފާއިން ވަކިކުރި ފަރާތްތަކުގެ ވަޒީފާ އަނބުރާ އިޔާދަކުރުމަށް ގޮވާލައްވާފައެވެ.