ކަރާފަޅަންކުރި އިންތިޒާރު ނިމުމަކަށް، ނަމަވެސް އަދިވެސް ބަގުތަކާހެދި ގިނަބަޔަކަށް ކަރާ ނުފެޅެ!

.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ “ކަރާ ފެޅުން” ޕްރޮމޯޝަން، ވަރުގަދަ ޕްރޮމޯވީޑިއޯ އަކާއިއެކު އަގުހުރި އިނާމުތަކާއިއެކު އިއުލާންކުރުމުން،  ކަރާފެޅުމުގެ ދަހިވެތިކަމުގައި ތިބިމީހުންގެ އިންތިޒާރަށް ނިމުން އައިސްފިއެވެ.

އުރިދޫ “ކަރާ ފެޅުން” ޕްރޮމޯޝަން، އެހެން އަހަރުތަކަށްވުރެ ފޯރުގަދަކޮށް މިއަހަރު ކުރިއަށް ގެންދިއުމަށް އުރީދޫން ނިންމިނަމަވެސް ރަމަޟާން މަސް ފެށިގެން މިއަދާހަމަޔަށްވެސް އެޕްރޮމޯޝަން ފެށޭގޮތެއްނުވިއެވެ. އުރިދޫއިން އިއްޔަ ބުނީ ކަރާ އަދި އެވައިލަބަލް ނުވާކަމަށާ އެވައިލަބަލްވުމާއިއެކު އެކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އެކަން އަންގާނެކަމުގައެވެ. މިރޭވަނީ އުރިދޫގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންވަނީ، ކަސްޓަމަރުންކުރަމުންދިޔަ އިންތިޒާރަށް ނިމުންއާކަން   އިއުލާންކޮށްފައެވެ. އޫރިދޫއިން އިރުޝާދު ދެނީ ކަރާފަޅަން ފެށުމަށް އޫރިދޫ އެޕް އަޕްޑޭޓް ކުރުމަށެވެ. ނަމަވެސް ބައެއް ކަސްޓަމަރުން އަދިވެސް ސޯޝަަލް މީޑިއާގައި ޝަކުވާކުރަމުންދަނީ އެޕްގައިހުރި ބަގްތަކާހެދި އަދިވެސް ކަރައެއް ފަޅާލެވޭވަރު ނުވާކަމަށްބުނެއެވެ.

”ކަރާ ފެޅުން” ގޭމު ފަރުމާކޮށްފައި ވަނީ، އާއިލާއާއި ރައްޓެހިންނަށް އެކުގައި ބައިވެރިވެވޭ ގޮތަށެވެ. އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ކުޅެވޭ އެ ގޭމުގައި ‘ރަތް ލަޝްކަރު’ ނުވަތަ ‘ނޫ ލަޝްކަރު’ގައި ހިމެނިގެން ކުޅެވޭނެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި، އެ ގޭމުން އެންމެ ބޮޑު އިނާމަކަށް ލިބެނީ، އެއް ލައްކަ ރުފިޔާގެ ކްރިއޭޓާ ބަންޑަލްއެކެވެ. އޭގެތެރޭގައި ހިމެނެނީ، އައިފޯން 17 ޕްރޯއަކާއި މެކްބުކަކާއި އައިޕެޑަކާއި ދެ ޑްރޯންއަކާއި އޮސްމޯ ޕޮކެޓް ކްރިއޭޓާއެކެވެ.