"ޕީއެންސީގެ ކާލާ މަންނަ" ވާހިދު ޕީއެންސީ އިން ވަކިވެއްޖެ!
ވެރިކަންކުރާ ޕީއެންސީގެ އިހަވަންދޫ ކާލާމަންނަގެ ގޮތުގައި ސިފަކުރާ ހއ. އިހަވަންދޫ / މިލާނޯ، އަބުދުލް ވާހިދު އަބުދުﷲ ވެރިކަންކުރާ ޕީއެންސީއިން ވަކިވެއްޖެއެވެ. ވާހިދު ޕީއެންސީއިން ވަކިވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
ވާހިދު މައުލޫމާތު ދެއްވިގޮތުގައި ޕީއެންސީ އިން ވަކިވީ އެޕާޓީގެ ކަންކަމުގައި ބޮޑެތި މައްސަލަތަކެއް ހުރުމާއިއެކު، ޕާޓީއެއްގެ ސިފަ ނުޖަހާތީއެވެ. އެޕާޓީއިން ވަކިވިނަމަވެސް ކޮންމެވެސް ވަރަކަށް ސިޔާސީ ކަންކަމުން ފެންނާނެކަމަށް ވާހިދު ބުންޏެވެ. ބެލެވޭ ގޮތުގައި ވާހިދު ޕީއެންސީއިން ވަކިވި އެންމެ ބޮޑު އެއް ސަބަބަކީ، ޕާޓީގެ އުސޫލުން ބޭރުން، ކަންކަމުގެ ހައިރާކީ އޮޅޭގޮތަށް ކަންކަން ހިގަން ފެށުމެވެ. ހާއްސަކޮށް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލަށް އެޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުން ތިއްބައި، އެހެން ކެނޑިޑޭޓުން ތަކަކަށް ރައީސް އައްޔަން ކުރައްވާފައިވާ ސިޔާސީ މަޤާމްތަކުގައި ތިއްބަވާ ފަރާތްތައް ކެމްޕެއިން ކޮށްދޭތީއެވެ.
ރާއްޖޭގެ ވެރިކަންކުރާ ނިޒާމް މަލްޓި ޕާޓީ ޑިމޮކްރަސީއަކަށް ބަދަލުވި ހިސާބުން ރަށްފުށުގައި ހިންގަންފެށި ސިޔާސީ ހަރަކާތްތަކުގައި، ވާހިދު ފެނިގެންދިޔައީ އިހަވަންދޫ އެމްޑީޕީ ގްރާސްރޫޓް މެމްބަރެއްގެ ގޮތުގައެވެ. ސިޔާސީ ހަރަކާތްތަގެ ކުރީ ސަފުން ފެނިގެން ނުދިޔަނަމަވެސް ވާހިދު ވެފައިވަނީ އިންތިހާބުތަކުގައި ވޯޓް ހޯދުމަށް ބޭނުންކުރާ ބަރު ހަތިޔާރަކަށެވެ. 2022 ވަނައަހަރުގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ވާހިދުވަނީ އެމްޑީޕީ ދުކޮށް ޕީޕީއެމް އަށް ސޮއެކޮށްފައެވެ. އޭގެ ފަހުން ސިޔާސީ މައިދާނުގައި ވާހިދު ސިފަ ވެފައިވަނީ "ޕީއެންސީގެ ކާލާ މަންނަ" ގެ ގޮތުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ޕީއެންސީ ސްޓިއަރިން ކޮމިޓީގެ ރައީސް އަކަށް ސޮބާހް ނައިބަކަށް ރިޟްވާން ...
18 - ޖުލައި - 2026
ޕީއެންސީ އިހަވަންދޫ ސްޓީރިން ކޮމިޓީގެ ޒުވާނުންގެ ރައީސްކަމަށް ރިޝްފާން ކުރިމަތިލައިފި؛ އިންތިޚާބު ޖުލައި މަހު 11 ގައި
20 - ޖޫން - 2026
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ރައީސް މުއިއްޒު ޕީއެންސީ ކެނޑިޑޭޓުންނާއި ދެކޮޅަށް ފަންޑުކުރެއްވިކަމުގެ ތުހުމަތު އަމާޒުވެއްޖެ!
7 - އޭޕްރީލް - 2026
ދެބުޅާ ކޯޅެންތިއްބާ އިހަވަންދޫއިން މެޖޯރިޓީ ހޯދީ އެމްޑީޕީ! ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު!
5 - އޭޕްރީލް - 2026
ޕީއެންސީ ރެލީގައި ބައިވެރިވުމަށް އިހަވަންދޫ ފެނަކަ ރަސްމީ ސްޓާފް ގުރޫޕްގައި ދައުވަތު ދީފި
3 - އޭޕްރީލް - 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ މެޖޯރިޓީ ހޯދާނެ ޓީމެއް ބެލުމަށް ޕޯލެއް ހުޅުވާލައިފި!
1 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް