މެއި މަހުގެ ބިލްތަކަށް ވެސް އޮންލައިން ޓްރާންސްފަރ ޚިދުމަތް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން ހާމަކޮށްފިއެވެ.
އެ ބުރާންޗުން އިޢުލާނު ކޮށްފައިވާ ގޮތުގައި ކޮވިޑު-19 އާއި ގުޅިގެން ކުންފުނީގެ މުވައްޒަފުންނާއި ކުންފުނީގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކުންފުނިން ދޭ ޚިދުމަތްތަކަށް އޮންލައިން ޓްރާންސްފަރ ހިދުމަތް މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.
ކޮވިޑު-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ ކަރަންޓު ބިލްވެސް ގޭގައި ތިބެގެން ދެއްކޭނެ އިންތިޒާމް ފެނަކައިން ހަމަޖައްސާދީފައިވާކަން ފާހަގަ ކުރެވެއެވެ.