ހއ. އަތޮޅު ހޮސްޕިޓަލްގައި އައި.ސީ.ޔޫގެ ޚިދުމަތް ދޭން ފަށައިފިއެވެ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި އިއްޔަ ފެށުނު ޚިދުމަތުގެ ސަބަބުން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުންނަށް އެ ހޮސްޕިޓަލުން މިހާރު ފަރުވާ ލިބެމުން ދާނެއެވެ.
މިހާތަނާ ޖެހެންދެން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުން ގެންދަންޖެހެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. މި ޚިދުމަތުގެ ސަބަބުން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުން ރަށުން ބޭރަށް ގެންދިއުން ނިމުމަކަށް އައީ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުން ބެލެހެއްޓުމުގެ ތަމްރީނު މީގެ ކުރިން ވަނީ އެ ހޮސްޕިޓަލްގެ ނަރުހުންނަށް ދީފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.