ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމެއް ނެތްކަމަށް، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕުރައިމަރީން ނާކާމިޔާބުވި، މުޙައްމަދު ޢަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. މިނޫހުންކުރި ސުވާލަކަށް ޖަވާބުދެއްވަމުން ލަތީފް ވިދާޅުވީ ޕްރައިމަރީއިން ބަލިވުމުން އިންތިހާބުގައި ވާދަކުރުމީ އެބޭފުޅާ ޤަބޫލުކުރައްވާ ކަމެއްނޫންކަމުގައެވެ.
ނަމަވެސް ޕްރައިމަރީއިން ބަލިވާ ފަރާތްތައްވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުމުގެ ފުރުސަތު އޮންނަންޖެހޭނެކަމަށް އެބޭފުޅާ ޤަބޫލްކުރައްވައެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އެބޭފުޅާވަނީ، ސްޕްރީމް ކޯޓްގެ ނިންމުމަށް ތާއީދުކުރައްވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މުޙައްމަދު ޢަބުދުއްލަތީފަށް ލިބިލެއްވީ 86 ވޯޓެވެ.