ހއ. ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ހޯރަފުށީ ކައުންސިލާއި ގުޅިގެން ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ މިއަހަރުގެ މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ހއ.އަތޮޅުގެ ކަނބަލުންނަށް އަމާޒުކޮށްގެން 2023 ޖުލައި 26 ވަނަ ދުވަހު، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
“އެޗްއާރުއެފް ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމަންޓް 2023” ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ އެ އަތޮޅުގެ ކުލަބް ޖަމިއްޔާތަކަށާއި، ކޮމިއުނިޓީ ގްރޫޕްތަކަށާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން އަމިއްލަ ގޮތުން އެކުލަވައިލެވޭ ޓީމްތަކަށެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ސަބްމިޓް ކުރެއްވުމަށް ހޯރަފުށީ ޑަބްލިއުޑީސީން އެދިލައްވައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 7000 (ހަތްހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 1500 (ފަނަރަސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.