ބަނޑަހާގައި ރީޓެއިލް ވިޔަފާރިކުރާތީ އާމުންގެ ޝަކުވަ ބޮޑުވަނީ!

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން ތެލުގެ ވިޔަފާރިކުރަން އާނމުފަރުދަކަށް ދޫކޮށްފައިވާ ބިމެއްކަމަށްވާ “ބަނޑަހާ” ގައި ރީޓެއިލް ވިޔަފާރިކުރަން ފަށާފައިވާތީ އެކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންއެބަދެއެވެ. މިކަމާއި ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ މިދަނޑިވަޅުގައި، މިއަދު ހެނދުނު އިހަވަންދޫ ކައުންސިލްގެ ޓީމެއް އެއިމާރާތަށް ޒިޔާރަތްކުރިކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިކަމާއިގުޅިގެން އިހަވަންދޫ ކައުންސިލުން މިއަދު މައުލޫމާތު ދިންގޮތުގައި، އެގްރިމެންޓާއި ހިލާފަށް އިހަވަންދޫ ބަނޑަހާގައި ރީޓެއިލް ވިޔަފާރިކުރަމުންދާކަމުގެ ޝަކުވާލިބިގެން އެތަން ބަލާފާސްކޮށްފައިވާކަމުގައެވެ