ދޯނިފަހަރުގައި ބެހެއްޓި މަސްފިނިކުރާ ނިޒާމުން ރަނގަޅު ނަތީޖާތަކެއް އެބަ ދައްކާ: ޑރ. ޝައިނީ

ޢަބުދުﷲ ޙަމީދު

މަސްވެރިން ބާރު ވެރިކުރުމަށް ދޯނިފަހަރުގަ މަސްފިނިކުރާ ނިޒާމު ބެހެއްޓުމަށް އަޖުމަ ބެލުމުގެ ގޮތުން ބެހެއްޓި ސިސްޓަމުން ރަނގަޅު ނަތީޖާ ތަކެއް އެބަ ދައްކާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޑރ. ޝައިނީ މިކަން ފާހަގަ ކުރެއްވާފަިއ ވަނީ އައިސްލޭންޑުގެ ޓެކްނޮލޮޖީއެއް ކަމުގައިވާ ނެނޯ ޓެކްނޮލޮޖީ ބޭނުންކޮށްގެން، މަސް ފިނިކުރުމުގެ ޓެސްޓުތައް މިއަދު ފައްޓަވާ ދެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

މި ސިސްޓަމަކީ ނެނޯ އައިސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އައިސް އުފައްދާ މެޝިނެކެވެ.

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން އަޖުމަ ބެލުމުގެ ގޮތުން ބެހެއްޓި މި ސިސްޓަމް ބަހައްޓާފައި ވަނީ ގދ. މަޑަވެލި ޓީ.އެސް ލައިން ދޯނީގައެވެ.

އެ ޓެސްޓުތަކުގެ ހުރިހާ ހަރަދެއް ކުރަނީ އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުންނެވެ. އަދި އެ ޓެކްނޮލޮޖީ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަނީ ކަމާގުޅުންހުރި ބޭފުޅުންނެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަމުންދަނީ ހއ. އިހަވަންދޫގައެވެ.