ހައްޖު އަދި އުމުރާގެ އަޅުކަމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު

މުޙައްމަދު އަކުރަމް

ހައްޖު އަދި އުމުރާގެ އަޅުކަމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ހުޅުވާލައިފިއެވެ. 15 އަހަރުންފެށިގެން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮތް މިވޯކްޝޮޕް ކުރިޔަށްދާނީ މިޖުލައި މަހުގެ 5 އަދި 6 ވަނަ ދުވަހުއެވެ.

މިވޯކްޝޮޕަކީ ދަތުރުވެރިޔާ އާއި އިމަގު، އަދި އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެކެވެ. ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭފަރާތަކަށް ޢުމުރާ ދަތުރެއް ހުށަހަޅާފައިވެއެވެ. މިވާރކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް ފުރުއްވުމުން މިވޯކްޝޮޕްގައި ބައިވެރިވެވޭނެއެވެ.

https://forms.gle/hNkomg1ujaKxNzmz6