ޖަވާބު: ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް އަމުރުކުރައްވާފައިވާ އެންމެ މުހިއްމުކަމަކީ އަޅުކަންކުރުމުގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އަދި އެއިލާހު އަހަރެމެންނަށް ނަހީކުރައްވާފައިވާ އެންމެބޮޑުކަމަކީ އެއިލާހަށް ޝިރުކުކުރުމެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށްނޫން އެހެންފަރާތްތަކަށް އަޅުކަންކުރުމާއި ﷲ ސުބްޙާނަހޫ ވަތަޢާލާއާއި އެހެންފަރާތްތަކާ ބައިވެރިކުރުމެވެ. އަޅުކަމުގެ އެއްވެސް ވައްތަރެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ނޫން ފަރާތަކަށް އަނބުރާލައިފި މީހާ އޭނާ އެހެން ރައްބެއް އަދި އިލާހެއް ޢައްޔަންކޮށްފިއެވެ. އަދި އެމީހާ ﷲ އާ ޝަރީކުކޮށްފިއެވެ.
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =



