Wed, 16 Sep 2026, 05:11 PM

އެޑިޓޯރިއަލް ޕޮލިސީ

'އިހަވަންދޫ.ކޮމް' ގައި ޝާއިޢު ކުރެވޭ ހުރިހާ ލިޔުމެއް ވެސް ޝާއިޢު ކުރާނީ މި ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.  'އިހަވަންދޫ.ކޮމް' އަކީ ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުތަކަށް  ހުރުމަތްތެރިކޮށް ހިތައި, ތެދުވެރިކަމާއެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށާއި, ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަޤްސަދުގައި އުފައްދާފައިވާ ނޫހެކެވެ. މި ނޫހުގެ އެޑިޓޯރިއަލް ސިޔާސަތު ބިނާވެގެންވަނީ ތިރީގައިވާ މައިގަނޑު އުސޫލުތަކުގެ މައްޗަށެވެ.
އިންސާފުވެރިކަމާއި ހަމަހަމަކަން
ޚަބަރާއި ރިޕޯޓްތައް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި, އިންސާފުވެރިކަން ދަމަހައްޓާނެއެވެ. ވަކި މީހަކަށް ނުވަތަ ޖަމާޢަތަކަށް ބަލައިގެން ޚަބަރު އުނިއިތުރު ނުކުރުމާއި, ތަފާތު ކުރުމެއް ނެތި އެންމެންގެ އަޑު އުފުލައިދިނުމަކީ މި ނޫހުން އިސްކުރާ އުސޫލެކެވެ.
2ތެދު މައުލޫމާތު ހާމަކުރުން
'އިހަވަންދޫ.ކޮމް' ގައި ޝާއިއުކުރާ ކޮންމެ މައުލޫމާތަކީ ސައްހަ, ތެދު މައުލޫމާތަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަށަވަރުކުރުންތައް ކުރާނެއެވެ. ސާބިތުނުހިފޭ ވާހުތަކާއި ހަގީގަތާ ހިލާފު ވާހަކަތައް ޝާއިއެއް ނުކުރާނެއެވެ.
3މިނިވަންކަމާއި ސިޔާސީ ނުފޫޒުން އެކަހެރިވުން
މި ނޫހަކީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކުރާނެ ނޫހެއް ނޫނެވެ. ސިޔާސީ, އިގްތިސާދީ ނުވަތަ އެނޫންވެސް އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުނުވެ, ނޫސްވެރިކަން ކުރާނީ މުޅިން މިނިވަންކަމާއެކުގައެވެ.
4
އިސްލާމްދީނާއި އިޖުތިމާއީ އަޚުލާގު
'އިހަވަންދޫ.ކޮމް' ގެ އެއްވެސް ލިޔުމެއް ނުވަތަ އުފެއްދުމެއް އިސްލާމްދީނުގެ އަސްލުތަކާ, ދިވެހިންގެ ސަގާފަތާއި, އާންމު އިޖުތިމާއީ އަޚުލާގީ މިންގަނޑުތަކާ ހިލާފެއް ނުވާނެއެވެ.
5
ރަށާއި އަތޮޅުގެ އަދި ޤައުމުގެ އާންމު މަސްލަހަތު އިސްކުރުން
އިހަވަންދޫގެ އިތުރުން މުޅި އަތޮޅުގެ ރައްޔިތުންގެ އަދި ރާއްޖޭގެ އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އިސްކަންދެވޭނެއެވެ. މުޖުތަމަޢުގެ އެކުވެރިކަން ގެއްލޭފަދަ ނުވަތަ ފިތުނަ އުފެދޭފަދަ ލިޔުންތަކާއި މައުލޫމާތު ޝާއިއެއް ނުކުރާނެއެވެ.
6
ކުޑަކުދިންނާއި ނާޒުކު ފަރާތްތަކުގެ ކަރާމާތް ހިމާޔަތްކުރުން
ކުޑަކުދިންނާއި, އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކާއި, ނާޒުކު ހާލަތްތަކުގައިވާ މީހުންގެ ކަރާމާތަށް އުނިކަން ލިބޭފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް އާންމެއް ނުކުރާނެއެވެ. ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންގެ އައިޑެންޓިޓީ (ކާކުކަން) ސިއްރުކުރެވޭނެއެވެ.
7
މަސްދަރުގެ ސިއްރުޔާތު ދެމެހެއްޓުން
ނަން ސިއްރުކުރުމަށް އެދި މައުލޫމާތު ފޯރުކޮށްދޭ މަސްދަރުތަކުގެ ސިއްރުޔާތު އެންމެ މަތީ ދަރަޖައެއްގައި 'އިހަވަންދޫ.ކޮމް' އިން ހިފަހައްޓާނެއެވެ.
8
ފިކުރީ މުދަލަށް އިހްތިރާމްކުރުން (ކޮޕީރައިޓް)
އެހެން ފަރާތެއްގެ ލިޔުމެއް, ތަސްވީރެއް ނުވަތަ ވީޑިއޯއެއް ބޭނުންކުރާނީ އެ ފަރާތެއްގެ ހުއްދައާއެކު ނުވަތަ ގާނޫނީ ގޮތުން ލިބިދޭ "ފެއާ ޔޫސް" އުސޫލުގެ ދަށުން, އަސްލު ވެރިފަރާތަށް ފުރިހަމައަށް ކްރެޑިޓް ދީގެންނެވެ.
9
ކުށް އިސްލާހުކުރުން
ޝާއިއުކުރެވޭ މައުލޫމާތެއްގައި ކުށެއް އުޅޭކަން އެނގިއްޖެ ނަމަ, ވީހާވެސް އަވަހަކަށް އެކަމެއް އިސްލާހުކޮށް, ކިއުންތެރިންނަށް އެކަން ސާފުކޮށް އެނގޭނޭހެން ބަޔާންކުރެވޭނެއެވެ. ނުވަތަ އެހަބަރެއް ނުވަތަ އާޓިލްއެއްގައި ކުށެއް އިސްލާހު ކުރެވިފައިވާކަން އެނޭގޭނެ ނޯޓެއް އެޓޭޗް ކުރެވޭނެއެވެ.
10
އިޝްތިހާރާއި އެޑްވަޓޯރިއަލް ވަކިކުރުން
އިޝްތިހާރުގެ ގޮތުގައި ނުވަތަ ފައިސާ ދައްކައިގެން ޝާއިއުކުރާ ލިޔުންތަކާއި (އެޑްވަޓޯރިއަލް) އާންމު ނޫސްވެރިކަމުގެ ކޮންޓެންޓް ސާފުކޮށް ވަކިކުރެވޭނެއެވެ. މިފަދަ ލިޔުންތަކުގައި "އެޑްވަޓޯރިއަލް" ނުވަތަ "އިޝްތިހާރު" ޓެގް ފެންނަން ހުންނާނެއެވެ.