އަޅުގަނޑުމެންގެ މަގުސަދު
އަޅުގަނޑުމެންގެ އަމާޒަކީ ކިޔުންތެރިންގެ އަޑު އިއްވައިދީ، ކިޔުންތެރިންނަށް އިތުބާރުހުރި، މިނިވަން އަދި ތެދުވެރި ނޫސްވެރިކަމެއް ފޯރުކޮށްދިނުމެވެ. އަދި އިޖުތިމާއީ ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމައަށް ފައިދާހުރި މައުލޫމާތުތައް އެއްފުރާޅެއްގެ ދަށުން ގެނެސްދިނުމެވެ.
އަޅުގަނޑުމެންގެ ތަސައްވުރު
އުތުރުގެ އެންމެ އިތުބާރުހުރި، ތެދުވެރި އަދި މަގުބޫލު މީޑިއާ ވަސީލަތަށް ވެގެންދިއުމެވެ.
އަޅުގަނޑުމެންގެ ހަމަތަކާއި އުސޫލުތައް
-
ތެދުވެރިކަމާއި އިތުބާރު: ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ތެދުވެރިކަމާއި ސައްހަކަން ހިފެހެއްޓުން.
-
މިނިވަންކަން: ވަކި ފަރާތަކަށް ނުޖެހި، އަދި ވަކި ނުފޫޒަކަށް ބެލުމެއްނެތި މިނިވަން ނޫސްވެރިކަން އަދާކުރުން.
-
މުޖުތަމައުގެ އަޑު: ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ކާމިޔާބީތައް އާންމުންނާ ހަމައަށް ގެނެސްދިނުން.
-
ޒިންމާދާރުކަން: ދިވެހިރާއްޖޭގެ ގާނޫނުތަކާއި ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުން.
ގުޅުއްވުމަށް
އަޅުގަނޑުމެންގެ ޚަބަރުތަކާ ގުޅޭގޮތުން ޚިޔާލެއް، އުނިއިތުރެއް ނުވަތަ އިޝްތިހާރުކުރެއްވުމަށް ބޭނުންފުޅުނަމަ ތިރީގައިވާ ވަސީލަތްތައް މެދުވެރިކޮށް ގުޅުއްވުން އެދެމެވެ.
-
އީމެއިލް: info@ihavandhoo.com
-
ވެބްސައިޓް: www.ihavandhoo.com